ޣައްޒާއަށް ދިން ހަމަލާއަކަށްފަހު ޒަޚަމްވި މީހުން އުފުލަނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
02 Nov 2023 | 18:27
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ޝަހީދުންގެ ޢަދަދު 9000 މައްޗަށް

ފަލަސްޠީން އިޒްރާއިލް ހަނގުރާމައިގައި ފަލަސްޠީނުން ޝަހީދުވި މީހުންގެ ޢަދަދު 9000 މައްޗަށް އަރައިފިކަމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ޣައްޒާގެ ޝަހީދުންގެ ޢަދަދު 9061 އަރައިފައިވާ ކަމަށާއި، ޒަޚަމްވީ މީހުންގެ ޢަދަދު 32،000 އަށް އަރައިފައިވާ ކަމަށެވެ.

މީގެއިތުރުން އަލްޖަޒީރާގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އިޒްރާއިލުން ޣައްޒާގައި 15 ޤަތުލުޢާންމެއް ހިންގައިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ފާއިތުވި 24 ގަޑިއިރުތެރޭގައި 256 މީހަކު ޝަހީދުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޒަޚަމްވަމުންދާ މީހުންގެ ޢަދަދުތައް މަތިވަމުން ދާއިރު ޣައްޒާގެ ގިނަ ހޮސްޕިޓަލްތަކެއް އެއްކޮށް ވަނީ ތެޔޮ ނުލިބި ކަރަންޓު ނެތުމުގެ ސަބަބުން ހުއްޓިފައެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ޣައްޒާއަށް ވީ އެންމެ އަވަހަކަށް މެޑިކަލް އެހީ ފޯރުކޮށްދިނުމަށް ދުނިޔެއަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ގޮވާލައިފައިވާ ކަމަށެވެ. އަދި މެޑިކަލް ކަންކަމަށް ބޭނުންވާ އެހީ ފޯރުކޮށް ނުދީފިނަަމަ ސިއްޚީ ބޮޑު ކާރިސާއެއް ޣައްޒާއަށް އައިސްފާނެ ކަމަށް ބުނެފައިވެއެވެ.

ޣައްޒާގެ ބޮޑެތި ގިނަ ހޮސްޕިޓަލްތަކުގެ މަސައްކަތް މިހާރު ވަނީ ހުއްޓުމާއި ގާތްވެފައެވެ. އެގޮތުން އިންދޮނީސީ ހޮސްޕިޓަލުގެ މައި ޖަނެރޭޓަރު ހުއްޓި ގިނަ މެޑިކަލް މެޝިނުތައް ވަނީ ހުއްޓިފައެވެ. އެހޮސްޕިޓަލުން ބުނެފައިވަނީ ކިޑްނީ ބަލީގެ މީހުންނަށ ބޭނުންކުރާ ޑައިލެސިސް މެޝިނުތައް ވެސް ތެޔޮ ނުލިބިއްޖެނަމަ ވަރަށް އަވަހަށް ހުއްޓޭނެ ކަމަށެވެ.

ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލްގެ ޖަނެރޭޓަރު ތައް ހުއްޓި އެހޮސްޕިޓަލްގެ މަސައްކަތްވެސް ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ.

ދިވެހި ރާއްޖޭގެ އައިއޭސީ އިން ބުނެފައިވަނީ އަލް ޝިފާއަށް ތެޔޮ ފޯރުކޮށްދެވޭތޯ އެ ކެމްޕޭނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.