އިޒްރާއިލުންް ހަމަލާދިން އެމްބިޔުލާންސް. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
04 Nov 2023 | 11:52
ޣައްޒާގައި ހަމަލާތަކުގައި ޒަޚަމްވެފައިތިބި ބަޔަކު އުފުލި އެމްބިޔުލާންސައަށް އިޒްރާއިލުން ހަމަލާދީފި

ޣައްޒާއަށް ދިން ހަމަލާތަކެއްގައި ޒަޚަމްވި ބަޔަކު އުފުލި އެމްބިޔުލާންސްއަކަށް އިޒްރާއިލުން ހަމަލާދީފިއެވެ.

އަލްޖަޒީރާގައި ރެޑްކްރޮސެންޓްގެ ބަޔާނަށް ހަވާލާދީ ބުނެފައިވަނީ އިއްޔެ 4:05 އެހާއިރު ފަލަސްޠީނުގެ ހެލްތް މިނިސްޓްރީގެ އެންގުމަކަށް ގިނަ އެމްބިޔުލާންސްތަކެއް ދަތުރު ފެށި ކަމަށެވެ. މި އެމްބިޔުލާންސް ތައް ދަތުރު ކުރަމުންދިޔައީ ޒަޚަމްވެފައިވާ މީހުން ރަފާހް ބޯޑަރު ހުރަސްކޮށް މިޞްރަށް ގެންދިޔުމަށް އެމީހުން ރަފާހް ބޯޑަރާއި ހަމައަށް ގެންދިޔުމަށް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ހެލްތް މިނިސްޓްރީގެ 4 އެމްބިޔުލާންސައަކާއި ރެޑް ކްރެސެންޓްގެ އެމްބިޔުލާންސްއެކެވެ.

ރަފާހް ބޯޑަރާއި ދިމާއަށް ދަތުރު ކުރަމުންދިޔަ އެމްބިޔުލާންސްތައް ހަތަރު ކިލޯމީޓަރަށް ދަތުރުކުރުމަށް ފަހު އެނބުރި އަލް ޝިފާއަށް ދަތުުރު ފެށީ މަގުތަކުގައި ހުރި ގައު ތަކާއި، އިޒްރާއިލުން އަޅަމުންދިޔަ ވައިގެ ހަމަލާތަކާއި އެކު ކުރިއަށް ނުދެވޭނެ ކަމަށް ލަފާ ކޮށް ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އެމްބިޔުލާންތައް އަނބުރާ އަލް ޝިފާއަށް ދަތުުރު ފަށައި ޝިފާ އާއި ކިލޯމީޓަރަކަށް ކައިރިވެފައިވަނިކޮށް އެންމެ ކުރިއަށް އޮތް އެމްބިޔުލާންސް އަށް އަމާޒުކޮށް ހަމަލާދިން ކަމަށެވެ.

އެމްބިޔުލާންސްއަށް ދިން ހަމަލާގައި 15 މީހަކު ވަނީ ޝަހިދުވެފައެވެ.

މިހަމަލާއާއި ގުޅިގެން އިޒްރާއިލުން ވަނީ އެމްބިޔުލާންސަށް އަމާޒުކޮށް ހަމަލާދިން ކަމަށް އެއްބަސްވެފައެވެ. އަދި އެމްބިޔުލާންސަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެ އެމްބިޔުލާންއަކީ ހަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން ބޭނުން ކުރަމުންދިޔަ އުޅަނދަކަށް ވާތީ ކަމަށްބުނެފައެވެ.

ނަމަވެސް މިހަމަލާ އަރައިފައިވަނީ ޒަޚަމްވެފައިތިބި ޢާންމުން އުފުލި އެމްބިޔުލާންސްއަކަށް ކަން ވަނީ ސާބިތުވެފައެވެ. އިޒްރާއިލަށް ނިސްބަތްވާ ޑޭވިޑް އެޑޮމް ވެސް ވަނީ އިޒްރާއިލްގެ ވާހަކަތަކަކީ ދޮގެއް ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.