ފަލަސްޠީނަށް އެހީވުމަށް ކުރިއަށް ގެންދިޔަ އިވެންޓެއްގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
04 Nov 2023 | 11:49
ދިވެހީންގެ ފަރާތުން "ޣައްޒާ އެމަޖެންސީ ރިލީފް ފަންޑް" އަށް 28 މިލިއަނަށްވުރެ ގިނަ ރުފިޔާ

ހައްދުފަހަނައަޅާފައިވާ އިޒްރާއިލްގެ ސިފައިން ޣައްޒާގައި ހިންގަމުންދާ ޢުދުވާނުތަކުގައި ހާލުގައި ޖެހިފައިވާ އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރި ވުމަށްޓަކައި ދިވެހީން ގެ ފަރާތުން 28 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފައިވާކަމަށް އިންޓަނޭޝަނަލް އެއިޑްސް ކެމްޕެއިން، އައިއޭސީއިން ހާމަ ކޮށްފިއެވެ.

އައިއޭސީން އެކްސް ގައި ކޮަށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި 3 ނޮވެމްބަރ ވީ ހުކުރު ދުވަހާއި ހަމައަށް ޣައްޒާ ފަންޑަށް ދިވެހީންގެ ފަރާތުން 28،027،420 ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި 17,300 ޑޮލަރުވެސް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.

މި ފުރުސަތުގައި އައިއޭސީން ވަނީ ދިވެހީންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ޓަކައި ދިވެހީން ދަނީ އެކި ކަހަލަ ކަންކަން ރާވާ ހިންގަމުންނެވެ. މިގޮތުން، މާލެ އާއި ރާއްޖެ ތެރޭގައިވެސް، އާއިލީ ހަވީރު ތަކާއި، ޖަންބަލް ސޭލް ތަކާއި، އަދި މިނޫންވެސް ހަރަކާތްތަކާއި، ފަންޑު ފޮށި ބަހައްޓައިގެން އެހީވަނީ ހޯދާފައެވެ. ހަމައެއާއިއެކު ހިނގާލުން ތަކާއި ފޯރަމްތައް މެދުވެރިކޮށް ފަލަސްތީނުގެ ހައްގުގައި އަޑު އުފުލައި ފަލަސްތީނުގެ ހާލަތު މީހުންނަށް ބަޔާން ކޮށްދިނުމުގެ ކަންކަން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިދިޔަ އޮކްޓޫބަރ މަހުގެ 7 ވަނަ ދުވަހު ހައްދުފަހަނައަޅާފައިވާ އިސްރާއީލް ގެ ސިފައިން ފަލަސްތީނަށް ދޭން ފެށި ހަމަލާތައް ހޫނުވެ ފަލަސްތީނުގެ އެތައްހާސް ރައްޔިތުންތަކެއް ވަނީ ޝަހީދުވެފައެވެ. އަދި އެތަކެއް ރައްޔިތުންނެއް ވަނީ ޒަޚަމް ވެފައިއެވެ. މި ހަމަލާތަކާއި އެކު އިސްރާއީލުން ފަލަސްތީނާއި މެދު ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އަޅާފައި ވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.