ނައްސިރް ހޮސްޕިޓަލަށް ދިން ހަމަލާ. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
04 Nov 2023 | 13:53
ޣައްޒާގެ އަލް ނައްސިރް ހޮސްޕިޓަލަށް އިޒްރާއިލުން ހަމަލާދިފި

ފަލަސްޠީނުގެ ޣައްޒާގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލް އަލް ނައްސިރް ހޮސްޕިޓަލަށް އަމާޒުކޮށް އިޒަރާއިލުން ހަމަލާދީފިއެވެ.

މިހަމަލާ އާއި ގުޅިގެން ބަޔަކު ޝަހީދުވެ ގިނަ ބަޔަކު ޒަޚަމްވެފައިވެއެވެ. މިހަމަލާގައި ޝަހީދުވި މީހުންގެ ޢަދަދެއް އަދި ޒަޚަމްވި މީހުންގެ ޢަދަދެެއް އަދި ޔަޤީން ވެފައެއް ނުވެއެވެ.

އިޒްރާއިލުން ޣައްޒާއަށް ހަމަލާދޭތާ މިއަދަށް 29 ދުވަސް ވެފައިވާއިރު ނޮވެމްބަރު 3 ވީ ހުކުުރު ދުވަހު ޣައްޒާގެ ތިން ސަރަހައްދެއްގައި ހުރި ތިން ހޮސްޕިޓަލަކަށް އިޒްރާއިލުގެ ޔަހޫދީން ވަނީ ހަމަލާދީފައެވެ.

އެގޮތުން އަލް ޝިފާ ހޮސްޕިޓަލާއި، އަލް ޤުދްސް ހޮސްޕިޓަލާާއި އިންދޮނީސީ ހޮސްޕިޓަލް ހިމެނެއެވެ.

އަލް ޖަޒީރާގައި ބުނެފައިވަނ ީހޮސްޕިޓަލްތަކަށް ހަަމަލާދިނުމުގެ އިތުރުން ރަފާހް ގެ އިރުމަތީގައި ހުރި ފެން ޓޭންކުތަކަށް އިޒްރާއިލުން ހަމަލާދީ އެތަކެތު ހަލާކު ކޮށްލައިފައިވާ ކަމަށެވެ. އަދި އެފެން ޓޭންކު ތަކަކީ އެސަރަހައްދުގެ މީހުން ބުއިމަށް ބޭނުންކުރާ ފެން ރައްކާކޮށްފައިވާ ޓޭންކުތައް ކަމަށްވެސް އަލްޖަޒީރާގައި ބުނެފަައިވެއެވެ.

މީގެ އިތުރުން އަލްޖަޒީރާގައި ރިޕޯޓް ކުރި މީހަކާއި ހަވަލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ރަފާހް ގެ އަތިރިމައްޗަށް ވާގޮތަށް ހުރި މަސްވެރިކަން ކުރާ ބޯޓުތަކުގައި ރޯކޮށްލައި އެއެއްޗެހި ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައިފައި ވާކަމަށެވެ.

ރަފާހްގެ އަތިރިމަތީގައި ހުރި މަސް ބޯޓުތަކުގައި ރޯކޮށްލައިފައި. ފޮޓޯ: ޤުދުސް ނެޓްވޯކް

އަދި ޞަބްރާ ނެއިބަރހުޑްގައި ހުރި މިސްކިތަކަށް ވެސް ރޭ އިޒްރާއިލުން ވަނީ ހަމަލާދީފައެވެ. މިއާއި އެކު އަލް ވަފާ ހޮސްޕިޓަލުގެ ޕްރައިމަރީ އިލެކްޓްރިސިޓީ ޖަނެރޭޓަރަށް ދިން ހަމަލާއެއްގެ ސަބަބުން އެހޮސްޕިޓަލްގެ ޚިދްމަތް މުޅިން އެކީ ކަހަލަ ގޮތަަކަށް ކެނޑިފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.