އަލް ފަޚުރާ އަށް ދިން ހަމަލާގައި ޒަޚަމްވީ މީހެއް. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
05 Nov 2023 | 08:51
އަލް ފަޚުރާ ސްކޫލަށް ދިން ހަމަލާގައި ގިނަ ބަޔަކު ޝަހީދުވެއްޖެ

އިޒްރާއިލުން ޣައްޒާގައި ހުންނަ އަލް ފަޚުރާ ސްކޫލަށް ދިން ހަމަލާގައި ބަޔަކު ޝަހީދުވެއްޖެއެވެ.

މިހަމަލާގައި 12 މީހަކު ޝަހީދު ވެފައިވާ  ކަމަށާއި، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައި ކަމަށް ޤުދްސް ނެޓްވޯކުގައި ބުނެފައިވެއެވެ. 

އަލް ފަޚުރާ ސްކޫލަކީ ޖަބަލިއްޔާ ރެފިޔުޖީ ކޭމްޕްގެ ހުޅަނގުގައި ހުންނަ އެންމެ ބޮޑު ސްކޫލެވެ. އެސްކޫލް މިވަގުތު ބޭނުން ކުރެވެމުންދަނީ ގެދޮރު ގެއްލިފައިވާ ޣައްޒާގެ މީހުންގެ ބޯހިޔާވަހިކަން ހޯދުމަށެވެ. އަލް ފަޚުރާ ސްކޫލްގައި އެތައް ހާސް ބަޔަކު ދަނީ ބޯހިޔާވަހިކަން ހޯދަމުންނެވެ.

ހަމަލާއަށް ފަހު ފަޚުރާ ސްކޫލްގެ ގޯތި ތެރޭގައި ޣައްޒާގެ ރައްޔިތުން. ފޮޓޯ: ޤުދްސް ނެޓްވޯކް

މީގެ ކުރިންވެސް އިޒްރާއިލުން ވަނީ ޖަބަލިއްޔާ ކޭމްޕަކަށް ގާތްގާތުގައި ތިން ފަހަރަށް ޖަބަލިއްޔާއަށް ހަމަލާދީފައެވެ.

އަލް ފަޚުރާ ސްކޫލަކީ އދ އިން ޖަބަލިއްޔާގައި ހިންގާ ސްކޫލެކެވެ. އދ އިން ބުނެފައިވަނީ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެ ޖަމިއްޔާގެ 50 ޢިމާރާތަކަށް އިޒްރާއިލުން ހަމަލާގެ ސަބަބުން އަސަރުކޮށްފައިވާ ކަަމަށެވެ. އަދި ބައެއް ތަންތަނަށް ސީދާ ހަމަލާތައްވެސް ދީފައި ވާކަމަށެވެ. އޭގެ ތެރޭގައި ޣައްޒާގެ 700،000 ރައްޔިތުން ވަގުތީ ހިޔާވަހިކަން ހޯދަމުންގެންދާ އދ ގެ ޢިމާރާތްތައްވެސް ހިމެނޭކަމަށެވެ.

އދ އިން ބުނެފައިވަނީ އިޒްރާއިލުން ދެމުންދާ ހަމަލާތަކިގެ ސަބަބުން މިހާތަނަށް އދ ގެ 72 މުވައްޒަފަކު ވަނީ މަރުވެފައިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.