ޣައްޒާއަށް އިޒްރާއިލުން ވައިގެ މަގުން ދިން ހަމަލާތަކެއް. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
05 Nov 2023 | 09:07
ޣައްޒާގައި ކަރަންޓު އުފައްދާ ވަސީލަތް ކަމަށްވާ ސޯލަރ ޕެނަލްތަކަށް އިޒްރާއިލުން ހަމަލާދީފި

ފަލަސްޠީނުގެ ޣައްޒާގައި ކަރަންޓު އުފެއްދެން އޮތް ވަސީލަތް ކަމަށްވާ ސޯލަރ ޕެނަލްތަކަށް އިޒްރާއިލުން ހަމަލާދީފިއެވެ.

ޣައްޒާގައި ހުރި ނޫސްވެރިޔެއް ކަމަށްވާ ހިންދު ޚުދްރީ އަށް ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ މިހާރު އިޒްރާއިލުން ވައިގެ މަގުން ދެމުންދާ ހަމަލާތައް ދެމުންދަނީ ސޯލަރ ޕެނަލްތަކާއި ކަރަންޓު އުފައްދާ ޖަނެރޭޓަރު ތަކަށް އަމާޒުކޮށް ކަމަށެވެ.

“އަހަރެންގެ ލޮލުން ދެކުނިން ދެތިން ފަހަރަކަށް ސޯލަރ ޕެނަލް ތަކަށް އަމާޒުކޮށް ހަމަލާދިން މަންޒަރު، އެއީ ޣައްޒާގެ ރައްޔިތުންނަށް ކަރަންޓު އުފެއްދުމަށް މިވަގުތު ބޭނުން ކުރެވެެން އޮތް ހަމައެކަނި ވަޞީލަތް، އެއީ މިވަގުތު ފޯނު ތައް ޗާޖުކޮށް ދުނިޔެއާއި މުޚާތަބު ކުރެވެން އޮތް ހަމަ އެކަނި ގޮތް” ހިންދް ބުނެފައިވެއެވެ.

ޣައްޒާއަށް ދޫކުރާ ކަރަންޓާއި ފެން އަދި ތެޔޮ ވެސް އިޒްރާއިލުން ހުއްޓައިލައިފައިވާއިރު ރަފާހް ބޯޑަރު ހުރަސްކޮށް އެހީގެ ތަކެތި ވައްދާއިރުވެސް ތެޔޮ ވެއްދުން ވަނީ މަނާކޮށްފައެވެ.

ކަރަންޓު ނެތުމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ ހިންގުމަށް ޖަނެރޭޓަރުން އުފައްދާ ކަރަންޓު ބޭނުން ކުރަން ޖެހިފައިވާއިރު ގިނަ ހޮސްޕިޓަލުތަކުގެ ޚިދްމަތް ޖަނެރޭޓަރަށް އަޅާނެ ތެޔޮ ނެތުމުގެ ސަބަބުން ނުލިބެއެވެ.

ތެޔޮ ނުލިބި ޖަނެރޭޓަރު ހުއްޓިގެން މިއަދު ވަނީ ޣައްޒާގެ ކަމަލް އަދްވަން ހޮސްޕިޓަލްގެ ޚިދްމަތް އެއްކޮށް ހުއްޓާލައިފައި ކަމަށް ފަލަސްޠީނުގެ އިންޓީރިއާ މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.