މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، ނާއިބު ރައީސް އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ --ފޮޓޯ/މަޖިލިސް
ހަބަރު
05 Nov 2023 | 11:21
އީވާ ދެއްކެވި އުޒުރު މަޖިލީހުން މިފަހަރު ގަބޫލެއް ނުކުރި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހައްދަވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ދެއްކެވި އުޒުރު މަޖިލީހުގެ އިދާރާ އިން ގަބޫލު ނުކުރާ ކަމަށް ބުނެފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވެސް އޮތީ، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމެވެ. މިހާރު އެ މައްސަލަ ކުރިއަށް ގެންދަން މަސައްކަތް ކުރަމުންދާތާ ހަފްތާއެއް ވަނީ އެވެ. 

ނަމަވެސް އެފަދައިން އެޖެންޑާ ކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހަށް އީވާ ރޭ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ނަޝީދު މަޤާމުން ވަކި ކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ރިޔާސަތުގައި އިންނަވަން އޭނާ އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

އީވާގެ އެ ސިޓީއާއި ގުޅިގެން މަޖިލީހުގެ މީޑިއާ އޮފިޝަލް ހަސަން ޒިޔާއު މީޑިއާ ތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި އޮތުމުން ޖަލްސާ ބޭއްވޭނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު އީވާގެ ސިޓީއެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. 

އަދި ހަމަ އެދުވަހު ސުޕްރީމް ކޯޓުގައި މައްސަލަ އޮތަސް ޖަލްސާ ބޭއްވުމަށް ހުރަހެއް ނެތްކަމަށް ބުނެ މަޖިލީހުގެ އިދާރާއިން އީވާއަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.

މިއާއެކު ޒިޔާއު ވިދާޅުވީ، 1 ނޮވެމްބަރުން ފެށިގެން މިއަދާ ހަމައަށް ނައިބު ރައީސް ވަނީ ސަލާމް ފޮނުއްވާފައި ކަމަށާ، މިއަދު ސިޓީއަކުން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގައި މައްސަލަ އޮތީމަ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ކަމަށެވެ.

އަދި މިއަދު އުޒުރުވެރިވެވަޑައިގަތުމާއެކު ދެން މަޖިލީހުގެ ޖަލްސާއަކަށް އެމައްސަލައެއް އެޖެންޑާއެއް ނުކުރާނެ ކަމަށްވެސް ޒިޔާއު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.