ޕްލޭނިންގ މިނިސްޓްރީ ތެރޭ އާއްމުން ކުރި އިހްތިޖާޖު ގެ ތެރެއިން--
ހަބަރު
05 Nov 2023 | 11:58
ގެދޮރުވެރިޔާ ފުލެޓް ދިން ގޮތުގެ މައްސަލާގައި އާންމުން ޕްލޭނިންގ މިނިސްޓްރީތެރޭ އިހްތިހާޖު ކުރަނީ!

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އެކުލަވާލި ގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށް ގިނަ އަދަދެއްގެ އާއްމުން ހައުސިން މިނިސްޓްރީ ތެރޭގައި އިހްތިޖާޖު ކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފުލެޓު ލިބުނު މީހުންގެ ނަންތައް އިއުލާން ކުރީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން ކުރީ އިއުލާނުގައި ބުނެފައިވާ ގޮތުން ތިން ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް ކަމަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބެނީ 73 އަށް ވުރެ ގިނައިން މާކްސް ލިބުނު މީހުންނަށް ކަމަށެވެ.

އެ މިނިސްޓްރީންގެ އިއުލާނުގައި އިތުރަށް ބުނި ގޮތުގައި، 4،000 ފްލެޓަށް ޝަރުތު ހަމަވި މީހުންނަށް ލިބޭ ފްލެޓުތައް ކަނޑައަޅާނީ ގުރުއަތު ނަގައިގެންނެވެ.

މި ލިސްޓް އިއުލާން ކުރުމާއިއެކު އެތައް ބައެއްގެ ބަޔަކު ސޯޝަލް މީޑިއާގައި ޝަކުވާކޮށް ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ފުލެޓަށް އެދުނު މީހުންނަށް ޕޮއިންޓް ދީފައި ހުރިގޮތުން ދެކޮޅު ނުޖެހޭ އެތައް ކަމަކާއި ތަފާތުކުރުން ގެންގުޅެފައިވާ ކަމަށް އެތައް ބަޔަކު ވަނީ ބުނެފައެވެ. އަދި ފުލެޓް ލިބުނު މީހުންގެ ހާލަތު ބެލުމަށްވެސް ސަރުކާރުން މާ ބޮޑު މަސައްކަތެއް ކޮށްފައިނުވާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. 

އެފަދަ އެތަކެއް ޝަކުވާ ތަކާއި އެކު މިއަދު ހެނދުނުން ފެށިގެން އާއްމުން ވަނީ ޕްލޭނިންގ މިނިސްޓްރީ އަށް ވަދެ އިހްތިޖާޖު ކުރަން ފަށާފައެވެ.

އެމީހުން އިހްތިޖާޖާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާރ އަކްރަމް ކަމާލުއްދީން ވާހަކަ ދައްކަވަމުން ވިދާޅުވީ، ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ލިސްޓުގައި މާކްސް ދީފައިވާނީ ފްލެޓަށް އެދުނު މީހުން މައުލޫމާތު ދިން ގޮތުގެ މައްޗަށް ބަލާފައި ކަމަށެވެ. އަކްރަމް އެހެން ވިދާޅުވުމުން އެންމެން ވަނީ އަޑު ގަދަކޮށް އޭނާ ވާހަކަ ދެއްކެވިޔަ ނުދީ ހަޅޭ ލަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.