ފަލަސްޠީނުގެ ރައީސް މަހްމޫދް އައްބާސް އަދި އިނގިރޭސި ވިލާތުގެ ސްޓޭޓް ސެކްޓަރީ އެންތަނީ ބްލިންކަން. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
05 Nov 2023 | 19:36
ފަލަސްޠީނުގެ ރަައީސް އައްބާސް ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވައިފި

ޣައްޒާގައި މިހާރު ކުރިއަށް ދާ ހަނގުރާމަ ވަގުތުން ވަގުތައް ހުއްޓާލުމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދް އައްބާސް ގޮވައިލައްވައިފިއެވެ.

މަހްމޫދް އައްބާސް އާއި އިނގިރޭސި ވިލާތުގެ ސްޓޭޓް ސެކްޓަރީ އެންތަނީ ބްލިންކަން އާއި އެކު ފަލަސްޠީނުގެ ރާމައްﷲގައި ބޭއްވުނު އެއް ގަޑިއިރަށް ދެމިގެން ދިޔަ ބައްދަލުވުމުގައި އައްބާސް ގޮވައިލެއްވީ ހަމަލާބަދަލުކުރުންތައް ވަގުތުން ވަގުތައް ހުއްޓާލުމަށް ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަދި ހަމަލާތައް ވަގުތުން ވަގުތައް ހުއްޓާލުމާއި އެކު ޣައްޒާއަށް ވީ އެންމެ އަވަހަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަނީ ގޮވައިލައިފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އައްބާސް އާއި ބައްދަލުކުރެއްވުމަށް ބްލިންކަން ރާމައްﷲ އަށް ދިޔުމާއި ގުޅިގެން ރާމައްﷲގައި ވަނީ މުޒާހަރާއެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

މުޒާހަރާ ގެ ބައިވެރިން ބުނެފައިވަނީ އިނގިރޭސި ވިލާތަކީ ޣައްޒާގައި މިހާރު އިޒްރާއިލުން ކުރިއަށް ގެންދާ ޤަޠުލްއާންމުގެ ވާގިވެރިވާ ބައިވެރިއެއް ކަމަށެވެ.

ފަލަސްޠީނުގެ ރައީސް މަހްމޫދް އައްބާސް އާއި އެކު ބޭއްވެވި ބައްދަލުވުމުގައި އައްބާސް ހަމަލާތައް ވަގުތުން ވަގުތައް ހުއްޓާލުމަށް ގޮވައިލެއްވި ނަަމަވެސް ހަމަލާތައް ހުއްޓާލުމަށް ބްލިންކަން ގޮވައިލައިފައެއް ނުވެއެވެ.

ހަމަލާތައް ހުއްޓަލުމަށް ގޮވައިލުމުގެ ބަދަލުގައި ބްލިންކަން ޔަޤީންކަން ދިނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ޔަޤީންކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.