އިޒްރާއިލުން ޣައްޒާއަށް ބޮން އަޅަމުންދިޔަ ވަގުތު. ފޮޓޯ:އަލްޖަޒީރާ
ދުނިޔެ
05 Nov 2023 | 19:27
އަނެއްކާވެސް ޖަބަލިއްޔާ އަށް ހަމަލާދީފި، ވޯޓަރ ސަޕްލައި ޓޭންކްތަކަކީ އެއް އަމާޒު

އިޒްރާއިލުން އަނެއްކާވެސް ޣައްޒާގެ ޖަބަލިއްޔާ ކޭމްޕަށް ހަމަލާތަކެއް ދީފިއެެވެ.

ޖަބަލިއްޔާއަށް ދިން ހަމަލާގައި ޖަބަލިއްޔާ ކޭމްޕަށް ފެން ސަޕްލައި ކޮށްދޭ މައި ޓޭންކަށް އަމާޒުކޮށް ދިން ހަމަލާގައި ވަނީ އެ ޓޭންކް ހަލާކުކޮށްލައިފައެވެ. އެއީ ޖަބަލިއްޔާގެ އެންމެ ގިނަ ބަޔަކަށް ބޯފެން ފޯރުކޮށްދޭ ޓޭންކެވެ.

ޣައްޒާގެ އުތުރު ދޫކޮށް ޣައްޒާގެ ހުޅަނގަށް ބަދަލުވުމަށް ޣައްޒާގެ އުތުރުގެ ރައްޔިތުން ދަތުރު ހަދައި ތައްޔާރުވި ވަގުތު ޣައްޒާގެ މަޤާޒީ ރެފިޔުޖީ ކޭމްޕަށް ދިން ހަމަލާ ތަކެއްގައި މުޅި އެ ސަރަހައްދު ވަނީ އެއްކޮށް ފުނޑުފުނޑު ކޮށްލައިފައެވެ.

މަޤާޒީއަށް ދިން ހަމަލާއަށް ފަހު އެތަން ހަލާކުވެފައި. ފޮޓޯ: އަލްޖަޒީރާ

މިހަމަލާގެ ސަބަބުން 30 މީހުން ޝަހީދުވިއިރު 100 އެއްހާ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަދި ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންގެ އަދަދު ވަނީ ސާފުވާގޮތް ނުވެފައެވެ.

ޖަބަލިއްޔާ އާއި މަޤާޒީ ގެ އިތުރުން ޣައްޒާގެ އަލް ބުރެއިޖް ރެފިޔުޖީ ކޭމްްޕަށް ވެސް ވަނީ ވަރުގަދަ ހަަމަލާތަކެއް ދީފައެވެ. ބުރެއިޖް އަށް ދިން ހަމަލާއާއި އެކު 24 ގަޑިއިރުތެރޭގައި ހަަމަލާދިން 3ވަނަ ރެފިޔުޖީ ކޭމްޕެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.