ދަ ޑިމޮކްރެޓްސް ގެ މެމްބަރުން ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ/ ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
05 Nov 2023 | 21:07
ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ދަ ޑިމޮކްރެޓްސް ތަދައްހުލްވުމަށް ނިންމައިފި

ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ހުށައަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދާ މައްސަލަ އަށް ތަދައްހުލް ވާން ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް މިއަދު އެޕާޓީގެ އިންޓަރިމް ކޮމެޓީއަށް ހުށައެޅި ގަރާރުގައި ވަނީ އެމައްސަލައަށް ތަދައްހުލް ވާން އެޕާޓީގެ ނުވަ މެމްބަރުންނަށް ސުޕްރީމް ކޯޓުން ފުރުސަތު ނުދޭން ނިންމުމުން، ސީދާ ޕާޓީން ތަދައްހުލް ވުމަކީ މުހިންމު ކަމެއްކަމަށެވެ.

މީގެ އިތުރުން ވެސް މިގަރާރުގައި ވަނީ،ދަ ޑިމޮކްރެޓިކްސް އަކީވެސް ދިވެހި ރާއްޖޭގެ ގާނޫނީ ޝަޚުސަކަށް ވުމާއިއެކު، އެ ޕާޓީ އަކީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވާތީ، ސުޕްރީމްކޯޓުން މައްސަލައާއި މެދު ނިންމާ ގޮތަކީ، ދަ ޑިމޮކްރެޓްސްގެ ހައްގުތަކަށާއި މަސްއޫލިއްޔަތު ތަކަށް އަސަރުކުރުވާނެ ކަމެއް ކަމަށެވެ.

މިފަދައިން ޕާޓީގެ ފަރާތުން ކޯޓުގައި ތަދައްހުލް ވާން ނިންމީ މިއަދު ބޭއްވި އެޕާޓީގެ އިންޓަކޮމް ބައްދަލުވުމުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ދަ ޑިމޮކްރެޓްސް ގެ ވަކި ވަކި މެމްބަރުންނަށް ތަދައްހުލް ނުވެވޭނެ ކަމަށް ނިންމީ އެއީ ދުސްތޫރީ މައްސަލަ އެއް ކަމުގައި ވާތީ ކަމަށް އަންގާފައެވެ.

އެެހެންނަމަވެސް، އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެމައްސަލަ އަށް ތަދައްހުލް ވާން ހުށައެޅުމުން ސުޕްރީމް ކޯޓުން ވަނީ އެފުރުސަތު ދޭން ނިންމާފައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް މައްސަލަ ހުށައަޅާފައި ސަބަބު ތަކުގެ ތެރޭގައި މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ރައީސް ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާއި ހިލާފަށް ކަންކަން ނިންމަމުން ދާ ކަމަށް މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕުން ފާހަގަ ކޮށްފައިވެއެވެ.

އަދި އެމްޑީޕީން ވަނީ ރައީސް ނަޝީދު އެތައް ދުވަހެއް ވަންދެން މަޖިލީހުގެ ޖަލްސާތައް ހުއްޓުވިކަމަށާއި ރައީސް ނަޝީދުގެ ޕާޓީ ކަމުގައިވާ ދަ ޑިމޮކްރެޓަސް އަށް މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހުގެ އެޖެންޑާގައި ތާވަލުކޮށް، މަގާމުގެ ދަހިވެތިކަން އިސްކޮށްފަައިވާކަމަށްވެސް ތުހުމަތު ކޮށްފައެވެ.

މާދަމާ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި އޮތް މިމައްސަލައިގެ ދައުވާ ލިބޭ ފަރާތް ކަމުގައިވާ ރައްޔިތުންގެ މަޖިލީސް ތަމްސީލް ކުރާނީ ބަންޑާރަ ނައިބެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ
09 Jul 2026
ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ، ސިންތެޓިކް ކެތިނޯން އެވެ
09 Jul 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސްދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ
09 Jul 2026
މާލެސިޓީ ކައުންސިލްގެ އޮޑިޓެއް، ރަޖިސްޓްރީ ނެތުމާއި ކޯޓޭޝަން ހޯދުމުގައި ބޮޑެތި އޮޅުވާލުންތަކެއް
އޮޑިޓްގައިވާގޮތުން މާލެސިޓީ ކައުންސިލަށް ބޭނުންވާ ހިދުމަތްތައް ހޯދުމާއި، ރަޖިސްތްރީ ހައްދައިދިނުމާއި އަދި ހަރުމުދާ ބެލެހެއްޓުމުގައި އޮޅުވާލުންތަކެއް ހިނގާފައިވާކަން ވަނީ ފާހަގަކޮށްފައެވެ
09 Jul 2026
ބަލޮގަން ކާޑު ބާތިލުކުރި މައްސަލައިގައި ތަހުގީގަށް ގޮވާލައިފި
މި ސިޓީގައި ފާހަގަކޮށްފައިވާ މައްސަލަ ބަލަން ގޮވާލާފައިވަނީ އެމެރިކާގެ ފޯވާޑް ފޮލެރިން ބަލޮގަންގެ ރަތް ކާޑުގެ ސަސްޕެންޝަން ބާތިލުކުރި ނިންމުމަށް އެމެރިކާ ސަރުކާރުގެ ނުފޫޒު ފޯރާފައިވޭތޯއެވެ
09 Jul 2026
ގ. މިތުރުގޭގައިވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް
މި ހާދިސާގައި އެޕާޓްމަންޓްތެރޭގައި ހުރި ތަކެތި ބޭނުން ނުކުރެވޭވަރަށް ވަނީ އަނދައިގެން ގޮސްފައެވެ
09 Jul 2026
ޖާޔާ ކުޝަން ކައިރީ ހުންނަ އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، ރޯވީ ދެ ފަންގިފިލައަށް ހަދާފައި ހުންނަ އިމާރާތެއްގައި ކަމަށެވެ.
09 Jul 2026
މުނިޔާމަގުގައި ހުރި ގެއެއްގައި ރޯވެ އަނދަނީ
ފުލުހުން ބުނީ، މުނިޔާމަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.