ފަލަސްތީނުގެ ރައްޔިތުންތަކެއް އެޗް 2 ގެ ޗެކްޕޮއިންޓެއްގައި މަޑު ކޮށްލައިގެން./ ފޮޓޯ: އަލް ޖަޒީރާ
ދުނިޔެ
06 Nov 2023 | 10:53
ފަލަސްތީނުގެ ހީބްރުންގެ ރައްޔިތުން, ގެއިން ނުކުންނަ ނަމަ ބަޑި ޖަހާނެ ކަމުގެ އިންޒާރު ދީފި

ފަލަސްތީނުގެ އަވަށެއް ކަމުގައިވާ ހީބްރުންގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެނީ ޖަލަށް ލައިފައި ތިބޭ ގައިދީން ތަކެއް ފަދައިން ކަމަށް ބޭރުގެ ނޫސް ތަކުން ރިޕޯޓް ކޮށްފިއެވެ.

ހީބްރުން ގެ އެޗް 2 ގައި އުޅޭ 700 އިސްރާއީލް ރައްޔިތުންނަށް އެގައުމުގެ އަސްކަރީން ރައްކާތެރިކަން ދީފައިވާއިރު، ހަމަ އެ އަވަށުގައި އުޅޭ 3500 ފަލަސްތީން ރައްޔިތުން ބޭރަށް ނުކުތަސް ބަޑިން ހަމަލާދޭނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

މި އަވަށަކީ ފަލަސްތީނުގެ ބިމުގެ ޖުމްލަ ވިހި ޕަސެންޓް ކަވަރު ކުރާ އަވަށެކެވެ. އަދި މި ބިމަކީ ފަލަސްތީންގެ ރައްޔިތުން ދިރިއުޅޭ ބިމެއް ކަމުގައި ވިޔަސް މިތަނުގައި އިސްރާއިލް ރައްޔިތުން ގާނޫނާއި ހިލާފަށް ދިރިއުޅެއެވެ. ގާތްގަނޑަކަށް 3500 ފަލަސްތީނު ރައްޔިތުން ދިރިއުޅޭ މި އަވަށުގެ ބާރު އިސްރާއިލް ސިފައިންގެ އަތް ދަށަށް ދިޔަ ފަހުން، ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުުން ފެންނަނީ ހުސްކަމެވެ.

އަނިޔާވެރި އިސްރާއީލް ސިފައިން ދަނީ މި ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތެއްގެ ހިލަމެއް ވޭތޯ ގޭގޭގެ ފުރާޅާއި މަގުތައް މަތީގައި ހަތިޔާރާއި އެކު ހަރަކާތްތެރި ވަމުންނެވެ.

އިސްރާއީލް ގެ މި ދަތި ކުރުމުގެ ފިޔަވަޅުގެ ސަބަބުން ހީބްރުން ގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ ގެއިން ބޭރަށް ނުނިކުމެވި، ދިރިއުޅުމުގެ ވަރަށް ގިނަ އަސާސީ ބޭނުން ތަކުން މަހުރޫމް ވެފައެވެ.

"މީގެ ކުރީގައި ލޮކްޑައުން އަކަށް ދާއިރު ބޭރަށް ގޮސް ތަކެތި ގަނެ ދިރިއުޅުމުގެ އާންމު ބޭނުންތައް ފުއްދޭނެ. އެހެންނަމަވެސް މިހާރު އެވަރު ކަމެއް ކުރުމުގެ މިނިވަންކަމެއް އެކަކަށް ވެސް ނެތް." ލޯކަލް ޑްރައިވަރުންގެ ޔޫނިއަން ގެ ނައިބު ރައީސް ބައްސާމް އަބޫ އައިޝާ ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ވެސް ވަނީ ޣައްޒާގައި މިހާރު ކުރިއަށްދާ ހަނގުރާމަ ވަގުތުން ވަގުތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.