މެންބަރު ޢަލީ ނިޔާޒު އާއި އިލްޔާސް ލަބީބު--
ހަބަރު
06 Nov 2023 | 10:05
ނިޔާޒް، އިލްޔާސަށް: ވޯޓަށް ނުފިލާ، މެންބަރުންނަށް ގޮތް ނިންމަން ފުރުސަތުދީ، ނަތީޖާ އެނގޭނީ އެއިރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލާގައި މެންބަރުން ދެކޭ ގޮތް ބެއްލެވުމަށް، މެންބަރުންގެ ވޯޓު ނެންގެވުމަށް ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު، ދަ ޑިމޮކްރެޓްސް ގެ ފަރާތުން އެދިވަޑައިގެންފިއެވެ. 

ނިޔާޒު މިފަދައިން އެދިވަޑައިގެންނެވީ، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީ މެންބަރުންނަށް ނުފޫޒު ފޯރުވައިގެން، އެ މެންބަރުންގެ ސޮއިހޯދައިގެން ކަމަށް ހުޅުދޫ ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވުމާއި ގުޅިގެން އެވާހަކަ ދޮގު ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. 

އެގޮތުން ނިޔާޒް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އަލުން ވައްދަން ސޮއިކުރި 49 މެމްބަރުންގެ އިތުރަށް ސޮއިކުރަން، އަދި ވޯޓްދޭން ވެސް ގިނަ މެމްބަރުން ތިބި ކަމަށެވެ.

"ވޯޓަށް ނުފިލާ މެމްބަރުންނަށް ގޮތް ނިންމުނަށް ފުރުސަތު ދެއްވާ. ނަތީޖާ އެނގޭނީ އެއިރުން." ނިޔާޒު ވިދާޅުވި އެވެ. 

ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެންބަރު އިލްޔާސް ވިދާޅުވީ ސޮއި ހޯދުމަށް ޓަކައި މެންބަރުންނަށް އެކިއެކި މަންފާތައް ލިބޭނެ ކަމަށް ބުނެ ކަންކަން ހުށަހަޅަމުން ދިޔަކަމަށެވެ.

"ޚާއްސަކޮށް އެމްޑީޕީ މެންބަރުންނަށް ނުފޫޒު ފޯރުވައިގެން އެކި ގޮތްގޮތަށް މަސައްކަތް ކުރާކަން އަޅުގަނޑުމެންނަށް ހަމަ ސާފުކޮށް މެންބަރުން ވިދާޅުވެފައި އެބަހުރި. އަދި ރައީސް ނަޝީދު އަރިހުގައި ވެސް ބައެއްް ބޭފުޅުން ވިދާޅުވެފައި އެބަހުރި މި ކަހަލަ ވަހަކަތަކެއް. އަޅުގަނޑުމެންނަށް އެބަ އެނގޭ މެންބަރުން ބްލެކްމެއިލްކޮށްގެން މަސައްކަތްކުރާކަން އަދި ބިރުދައްކައިގެން މަސައްކަތް ކުރާކަން،" އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލުން މައްސަލަ ވައްދައިފައި އޮތީ 'ނާޖާއިޒް' މަގަކުން ނުބައި ނިޔަތެއްގައި ކަމަށެވެ. އެ ކަމަށް އެއްބާރުލުން ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.