ބަންޑާރަ އޮފީހުގެ ވަކީލު ސުޕްރިމް ކޯޓުގައި ވަކާލާތު ކުރައްވަނީ
ހަބަރު
06 Nov 2023 | 12:59
ނަޝީދުގެ މައްސަލަ: މަޖިލީހުން ޤަވައިދުމާނަކުރީ ގޯސްކޮށްކަމަށް ކަނޑައަޅައިދޭން އޭޖީ އޮފީހުން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމަށް ކަނޑައަޅައިދިނުމަށް މަޖިލީހަށް ހުށައެޅި މައްސަލަ ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅައިދިނުމަށް ބަންޑާރަނައިބުގެ އޮފީހުން ސުޕްރިމްކޯޓުގައި އެދިއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަގެ ފުރަތަމަ އަޑުއެހުމުގައި ބަންޑާރަނާއިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ އެ މައްސަލަ އުފެދިފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ދީފައިވަނިކޮށް މަޖިލީހުގެ ނައިބުރައީސް ވަޑައިނުގަންނަވާތީ ޖަލްސާ ކުރިއަށް ނުގެންގޮސް މަޖިލީހުން ޖަލްސާ ނިންމާލައި، ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދިނުމާއި ގުޅިގެންކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށް މަޖިލީހުން ބުނެފައިވާއިރު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ޤަރާރެއް ހުށަހެޅިފައިވާއިރު، އެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނާއިބްރައީސަށްކަމަށް މަޖިލިސް އިދާރާއިން މާނަކޮށްފައިވާކަމަށެވެ.

އެެހެން ނަމަވެސް އެފަދައިން އެންގިއިރު މަޖިލީހުން ޤަވައިދު މާނަކޮށްފައި އޮތީ ރަނގަޅަށްކަމަށް ޤަބޫލުނުކުރާކަމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ބުނެފައެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ހުއްޓޭގޮތަށް މަޖިލީހުގެ ޤާނޫނު މާނަކުރުމަކީ ރަނގަޅު މާނަކުރުމެއް ނޫންކަމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ބުނެފައެވެ.

ވަކީލު އިތުރަށް ވިދާޅުވީ، 44 ވަނަ މާއްދާގައި ބުނާ 5 މެންބަރުންނާ ރިޔާސަތު ޙަވާލުކުރުމުގެ އިޖުރާއަތާއެކު ކުރިއަށް ނުދެވޭނެ ސަބަބެއްކަމަށް މަޖިލިސް އިދާރާއިން ދައްކަނީ 205 ވަަަނަ މާއްދާގެ (ބ) ކަމަށެވެ.

އެހެންނަމަވެސް ޙަވާލާ ދެވިފައިވާ ހުރިހާ މާއްދާއެއް އެކުއެކީގައި ކިޔާއިރު، އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅާފައި އޮއްވާ އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން މަސައްކަތްތައް ނުކުރެވޭނެކަމަށް އޮންނަނީ އެ މައްސަލަ ވީހާ ވެސް އަވަހަށް ކުރިއަށް ގެންދިއުމުގެ ބޭނުންތެރިކަން ބޮޑުވުމުންކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފައެވެ. އަދި މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ބާރުކެނޑޭ ގޮތަށް (ބ) މާނަ ކުރެވިގެން ނުވާނެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކޮށްފައި ވެއެވެ. 

އެއާއެކު އެ އޮފީހުން އެދުނީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށް މަޖިލީހުން ނިންމުމުގައި މަޖިލީހުގެ ޤަވާއިދުގެ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް ސުޕްރިމް ކޯޓުގައި އެދިފައެވެ. 

އޭގެ އިތުރުން މަޖިލީހުގައި ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި ޤަވައިދުގެ 44 ވަނަ މާއްދާފައި ބުނާ 5 މެންބަރުންނާ ރިޔާސަތު ޙަވާލުކުރުމުގެ އިޖުރާއަތާއެކު އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ސުޕްރިމް ކޯޓުން ކަނޑައަޅައިދިނުމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.