ނަޝީދު މައްސަލައިގައި މަޖިލީހުގެ ފަރާތުން ސުޕްރިމް ކޯޓަށް ޖަވާބުދާރީވެވަޑައިގަންނަވަނީ
ހަބަރު
06 Nov 2023 | 13:06
ނަޝީދުގެ މައްސަލަ: މަޖިލީހުން ބުނީ ޙައްލަކީ ގަވައިދު އިސްލާހުކުރުން ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަގެ އަޑުއެހުމުގައި މަޖިލީހުގެ ސްޓޭންޑު ހުށައަޅައިފި އެވެ. 

މި މައްސަލައިގައި ކުރިއަށްދާ ސުޕްރިމް ކޯޓުގެ އަޑުއެހުމުގައި ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ބަލަހައްޓަންޖެހޭ ކަމަށް ގަވައިދުގައި ބަޔާންކޮށްފައި އޮއްވާ އެ ނޫން ގޮތަކަށް އެކަން ކުރެވޭނީ ގަވައިދު ބަދަލުކޮށްގެން ކަމަށެވެ. 

ފިޒްލާ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީެ ފަރާތުން ސުޕްރިމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުސްނުއްދުއޫދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. 

ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަޖިލީހުގެ ނައިބު ރައީސަށް ވެސް ރިޔާސަތު ނުބެލެހެއްޓޭ ނުވަތަ އުޒުރުވެރިވާ ހާލަތެއްގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން، މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންނަށް ރިޔާސަތާ ހަވާލުވޭ ގޮތަށް އޮންނަ އިރު، ދުނިޔޭގެ އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގައި އަމަލުކުރަނީ ކޮން ގޮތަކަށްތޯ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ފިޒްލާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއްގެ ޖަލްސާގެ ރިޔާސަތު ވަކި ބޭފުޅަކު ބަލަހައްޓަވާ ގޮތަށް ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް އަދި އެހެން ގައުމުތަކުން އަމަލުކުރާ އުސޫލުތަކުގައިވެސް ކަނޑއެޅިގެން ނޯންނަ ކަމަށެވެ. 

އެހެން ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާއިރު ރިޔާސަތުގައި އިންނަވަންވާނީ މަޖިލީހުގެ ނައިބުރައީސްކަމަށް ގަވައިދުގައި ބަޔާންކޮށްފައި ވާއިރު، އެކަމުން ހާމަވެގެންދަނީ އެފަދަ މައްސަލައެއްގެ މުހިންމުކަން ކަމަށާއި، އެކަމަށްދޭ އަހަންމިއްޔަތުގެ ބޮޑުކަންކަން ހާމަވެގެންދާއިރު އެ ނޫންގޮތަކަށް އެކަން ކުރެވޭނީ ގަވައިދު އެ ނޫންގޮތަކަށް އިސްލާހުކޮށްގެން ކަމަށް ގަބޫލުކުރައްވާކަމަށް މަޖިލީހުގެ ފަރާތުން ވަނީ ބުނެފައެވެ. 

އޭގެ އިތުރުން ފިޒްލާ ވަނީ މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ބ) ގެ ދަށުން 5 މެންބަރުންނަށް ބެލެނީވެސް ވަކި ބާވަތްތަކެއްގެ މައްސަލަތަކެއް ކަމަށާއި، އެގޮތަށްވެސް މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން 3 ޖަލްސާގެ މުއްދަަތަކަށްކަން ފާހަގަކުރައްވާއެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ގަސްދުގައި މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާ ހާލަތުގައި "މަޖިލީސް ޑެޑްލޮލަކަށް" ހިގައިދާނެ ފަދަ ހާލަތުގައި އަމަލުކުރައްވާނެ ގޮތަކީ ކޮބައިތޯ އައްސަވާ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ކައުންސިލާ ޖެނެރަލް ފިޒްލާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި އޮތަސް، އެމްޑީޕީން އެ ދެކޭގޮތަށް މަޖިލީސް ހުއްޓިފައި އޮންނަން، ނުވަތަ މަސައްކަތްތައް މަޑުޖައްސާލާފައި އޮންނަން ޖެހޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. 

އެގޮތުން މަޖިލީހަށް ގަރާރެއް ލިބުމަކީ މައްސަލަ ހުށައެޅުން ނޫން ކަމަށާއި، ގަރާރު ހުށައެޅުންކަމަށް ބެލެވޭނީ މަޖިލީހުގެ ޤާނޫނީ ޖަލްސާއެއްގައި ޤަރާރު ހުށަހެޅިގެންކަމަށް ވާތީ މަޖިލީހުގެ މަސައްކަތްތައް މިހާލަތުގައި ކުރިއަށް ގެންދެވޭނެކަމަށް ފިޒްލާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޖިލީހުން އެފަދައިން ކަންކަން ކުރިއަށް ގެންދިއުމަށް ލާފާވެސް ދީފައިވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.