ރޭ އިޒްރާއިލުން ޣައްޒާއާސް ހަމަލާދިން ވަގުތު. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
06 Nov 2023 | 13:08
ޣައްޒާގެ ބޯފެން ދޫކުރާ 7 ފެސިލިޓީއަކަށް ބޮން އަޅައި ހަލާކުކޮށްލައިފި

ފަލަސްޠީނުގެ ޣައްޒާގެ ބޯފެން ދޫކުރާ 7 ފެސިލިޓީއަކަށް ބޮން އަޅައި ހަލާކުކޮށްލައިފައިވާ ކަމަށް އދ އިން ބުނެފިއެވެ.

އދ އިން ބުނެފައިވަނީ ޣައްޒާގެ ރަފާހް ގައި ހުންނަ 2 ފެން ވަޅަކަށާއި، ތިން ސްވޭޖް ޕައިޕްލައިނަކަށާއި ފެން ރައްކާކުރާ ދެ ވަސީލަތަކަށް ހަމަލާދީ ހަލާކުކޮށްލައިފައިވާ ކަމަށެވެ.

ޢައްޒާގެ މުނިސިޕަލްޓީ އިން ވަނީ ޣައްޒާގެ ނަރުދަމާ ނިޒާމް ހުއްޓި ފެން ބޮޑުވެދާނެ ކަމުގެ ބިރު އެބަ އޮތްކަމަށެވެ.

އަލްޖަޒީރާގައި އދ އާއި ހަވާލާދީ ބުނެފައިވަނީ އިޒްރާއިލުން ޣައްޒާއަށް އިކްޓޫބަރު 7ވަނަ ދުވަހު ދޭން ފެށި ހަމަލާތަކިގެ ސަބަބުން ޣައްޒާގައި ހަރަކާތް ތެރިވާ އދ ގެ 88 މުވައްޒަފަކު މަރުވެފައިވާ ކަމަށެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާއިން 9922 މީހަކު ވަނީ ޝަހީދުވެފައެވެ.

ޔޫއެން އާއި އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ބައިނަލް އަޤްވާމީ 18 ޖަމިއްޔާއެއް ގުޅިގެން ިނެރުނު “ޖޮއިންޓް ސްޓޭޓްމަންޓް” އެއްގައި ގޮވައިލައިފައިވަނީ ވަގުތުން ވަގުތައް ހަމަލާތައް ހުއްޓައިލުމަށެވެ. އަދި މިހާރުން މިހާރަށް ހަމަލާތައް ހުއްޓައިލުމަށާއި ހަނގުރާމައިގެެ އަނިޔާވެރިކަން ފުދިއްޖެ ކަމަށެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން މިފަދައިން ގޮވާލި ކަމުގައި ވިޔަސް އިޒްރާއިލުން އެފަދަ ޖަމިއްޔާތަކުގެ ގޮވާލުން ތަކަށް ދެމުން ގެންދަނީ ބީރު ކަންފަތެކެވެ. އިޒްރާއިލްގެ އެއް ވާގިވެރިޔާ ކަމަށްވާ އިނގިރޭސި ވިލާތުގެ ސަރިުކާރުގެ ފަރަރުން އިއްޔެ ވަނީ ފަލަސްޠީނުގެ ރައީސް މަހްމޫދް އައްބާސް އާއި ބައްދަލު ކޮށްފައެވެ. މިބައްދަލު ވުމުގައިވެސް އިނގިރޭސި ވިލާތުން ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ކަމުގެ އިޝާރާތެއްވެސް ކޮށްފައި ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.