ރައީސް ނަޝީދާއި، ޑރ މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމުގެ ތެރެއިން/ ފޮޓޯ: މަޖިލީސް
ހަބަރު
06 Nov 2023 | 13:10
ނަޝީދު މައްސަލަ އޮތަސް އިންތިޚާބީ ރައީސް ހުވާކުރުމަށް ހުރަހެއް ނެތް: އޭޖީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާ މައްސަލަ ނުނިމުނަސް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން އެފަދައިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަމުން ނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި އޮއްވާ، އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ބަލައިނުގަންނާނެ ކަމަށާއި، އަދި އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ވެސް ރުހުން ނުދެއްވާނެކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ވަނީ ބުނެފައެވެ. 

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ހޯދުމަށް އެ ޕާޓީން ސުޕްރިމް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އެމްޑީޕީގެ އެ ވާހަކަތަކަށް އިޝާރާތްކުރައްވާ ފަނޑިޔާރު ހުސްނުއްދުއޫދު ވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނިކޮށް އިންތިޚާބީ ރައީސް ހުވާކުރެވިދާނެތޯ އައްސަސާ ބަންޑާރަ ނައިބުގެ އޮފީހުން ދެކޭގޮތް ހާމަކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި ވަނިކޮށް މަޖިލީހުގައި ތުރު މަސައްކަތްކެއް ކުރިއަށް ނުގެންދެވޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ގަވައިދުގައި ބަޔާންކުރަނީ ދެކަމެއްގެ ވާހަކަ ކަމަށާއި، އެއީ މަޖިލީހަށް ހުށަހެޅިފައިވާ ކަމަކަށް ބަހުސް ކުރުމާއި ފާސްކުރަން އޮތް ކަމެއް ފާސްކުރުންކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާހަގަކުރެއްވި އެވެ. 

އެހެންކަމުން، އެ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުވާކުރުން ނުހިމެނޭ ކަމަށާއި، ނަޝީދުގެ މައްސަލަ އޮތް ނަމަވެސް ޑރ މުއިއްޒަށް ހުވާކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ވަކީލު ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައި އެ ބުނާ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ މަސައްކަތެއް ނުހިމެނޭ، އަދި މިހާރު އޮތް ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހަމަވުމުން އާ ރައިސުލްޖުމްހޫރިއްޔާ ހުވާ ކުރަން އޮންނަ ދުވަހު ހުވާކުރައްވަން ޖެހޭ ކަމަށް ގާނޫނޫ އަސާސީގައި އޮވޭ"

ބަންޑާރަ ނައިބު އޮފީހުގެ ވަކީލު

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ އިޖުރާއަތްތައް ތަރުތީބު ކުރެވިފައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއްގެ ނޯޓިސް ހަމަވުމަށް ފަހު ދެން އެންމެ އަވަހަށް އޮންނަ ރަސްމީ ބަންދު ދުވަހެއްގައި އެ މައްސަލަ އެޖެންޑާކޮށް ކުރިއަށް ގެންދަން ޖެހެ އެވެ.

އަދި މަޖިލީހަށް ހުށަހެޅިފައިވާ ކަމެއްގެ ބަހުސް ކުރިއަށް ގެންދެވޭނީ އަދި މަޖިލީހުން ގޮތެއް ނިންމަން ޖެހޭ ކަމެއްގައި ގޮތެއް ނިންމޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެހެން ނަމަވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނޯޓިސް ދިނުމަށްފަހު އޮތް ފުރަތަަމަ ޖަލްސާއަށް ނައިބު ރައީސް އީވާ އަބްދުالله ވަޑައިނުގެންނެވުމާއި ގުޅިގެން، އަދި އެފަހުން އެ މައްސަލަ ތާވަލުކުރެވުނު އެއްވެސް ޖަލްސާއަކަށް އެކަމަނާ ވަޑައިނުގެންނެވުމާއި ގުޅިގެން މައްސަލަ ވަނީ މަޑުޖެހިފައެވެ. 

މަޖިލީހުގެ މަސައްކަތްތައް ހުއްޓާލާފައި އޮތުމަކީ ގާނޫނު އަސާސީގެ ރޫހާއި ޚިލާފުކަމެއް ކަމަށާއި، އެ މައްސަލައަށް ޙައްލެއް ހޯދައިގެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްދޭން ޖެހޭކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.