ހުޅަނގު އައްސޭރީން ހައްޔަރު ކުރި އަހެދް ތަމީމީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
06 Nov 2023 | 14:21
ހުޅަނގު އައްސޭރިން ފަލަސްޠީނުގެ ގިނަ ބަޔަކު ހައްޔަރުކޮށްފި؛ މާބަނޑު އަންހެނަކުވެސް ހިމެނޭ

ހައްދުފަހަނައަޅާފައިވާ އިޒްރާއިލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރިން 50 މީހުން ހައްޔަރުކޮށްފިއެވެ.

އިޒްރާއިލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން އަންނަ ޤަޠުލް ޢާންމު ތަކާއި އެކު ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައިވެސް އަންނަނީ ބޮޑެތި ޖަރީމާތައް ހިންގަމުން ކަމަށް ބައިނަލް އަޤްވާމީ މީޑިއާ ތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ. 

އެގޮތުން ހުޅަނގު އައްސޭރިން 50 މީހުން ހައްޔަރު ކޮށްފައިވާ އިރު، އޭގެ ތެރޭގައި ފަލަސްޠީނުގެ މިނިވަން ކަމަށް ގޮވައިލާ މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ އަހެދް ތަމީމީ ވަނީ ހައްޔަރުކޮށްފައެވެ. އަހެދް ހައްޔަރުކޮށްފައިވަނީ އަލް ނަބީލް ޞަލާހް އަވަށުންނެވެ.

އިޒްރާއިލުން އަހެދް ހައްޔަރު ކުރި ސަބަބެއް ކަމަށް ބުނެފައިވަނީ ނިރުބަވެރި ކަމަށް ހިތްވަރު ދިނުމެވެ. އަހެދް ތަމީމީ ދުނިޔެއަށް މަޝްހޫރު ވެފައިވަނީ 2012 ވަނަ އަހަރު އިޒްރާއިލް ސިފައިން އަހެދްގެ ބޭބެ ހައްޔަރު ކުރުމުން އޭނާ އިޒްރާއިލް ސިފައިންނާއި ކުރިމަތިލީ ވީޑިއޯ ތަކެއް ޢާންމު ވުމުންނެވެ.

އޭގެ ފަހުން 2017 ވަނަ އަހަރު އިޒްރާއިލް ސިފައިންގެ ދެމީހެއްގެ މޫނުގައި ޖަހާ މަންޒަރު ދައްކުވައިދޭ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމު ވުމަށް ފަހު އަހެދް ތަމީމީ ވަނީ ހައްޔަރު ކޮށްފައެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަހެދް ތަމީމީގެ ބައްޕަ ބައްސާމް ތަމީމީ ވެސް ވަނީ އިޒްރާއިލް ސިފައިން ހައްޔަރު ކޮށްފައިވެއެވެ.

މީގެ އިތުރުން އިޒްރާއިލް ސިފައިންވަނީ ހުޅަނގުއައްސޭރީގެ ތުއްބަސް އަވަށުން ސުމައްޔާ ޖަވާބިރާ ނަމަކަށް ކިޔާ ނޫސްވެރިޔަކު ވެސް ހައްޔަރު ކޮށްފައެވެ.

ނޫސްވެރިޔާ ސުމައްޔާ އަކީ ތިން ކުދިންގެ މަންމަ އެކެވެ. އަދި އޭނާ މިހާރު ހުރީ މާބަނޑު ހާލަތުގައެވެ. ޤުދްސް ނެޓްވޯކް ގައި ބުނެފައިވަނީ ސުމައްޔާގެ ބަނޑަށް މިހާރު 7 މަސް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.