ޖަބަލިއްޔާ އަށް ދިން ހަމަލާގައި އެތަނުގައި ޢިމާރާތްތައް ވެއްޓިފައި. ފޮޓޯ: ޤުދްސް ނެޓްވޯކް
ދުނިޔެ
06 Nov 2023 | 16:20
ދެއިރް އަލް ބަލަހް އަދި އަލް ޒަވައިދާ އަށް ހަމަލާދީ 45 މީހަކު ޝަހީދު ކޮށްލައިފި

ފަލަސްޠީނުގެ ޣައްޒާގެ މެދު ތެރޭގައި އޮންނަ ދެއިރް އަލް ބަލަހް އަދި އަލް ޒަވައިދާ އަށް ދިން ހަމަލާތަކެއްގައި 45 މީހަކު ޝަހީދު ކޮށްލައިފިއެވެ.

އަލް ޖަޒީރާގައި ބުނެފައިވަނީ އެ ދެސަރަހައްދަށް ދިން ހަމަލާ ތަކުގައި 45 މީހަކު ޝަހީދު ވެފައިވާއިރު ގިނަ ޢަދެދެއްގެ ބަޔަކު ވަނީ ވެއްޓިފައިވާ އިމާރާތް ތަކުގެ ދަށުގައި ތާށިވެފައި ކަމަށެވެ.

ރޭވެސް އިޒްރާއިލުން ވަނީ ހުއްޓުމެއް ނެތި ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅައިފައެވެ. ރޭ އިޒްރާއިލުން ދިން ވަރުގަދަ ހަމަލާތަކާއި އެކު ޣައްޒާގެ މުވާސަލާތީ ވަސީލަތް ތަކުގެ ޚިދްމަތް އެކުއެކީ ކެނޑިގެން ދިޔައެވެ. ނަމަވެސް މިހާރު އެ ޚިދްމަތުގެ ކަންކަން މިހާރު އަންނަނީ މަޑުމަޑުން ރަނގަޅު ކުރެވެމުން ކަމަށް އަލްޖަޒީރާގައި ވަނީ ބުނެފައެވެ.

އދ ގެ ކުދަކުދިންގެ ހައްޤުތަކާއި ބެހޭ އެޖެންސީ އާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ޣައްޒާގައި ތިބި ކުޑަކުދިން ތިބީ ޣައްޒާގައި މިހާރު ހިނގަމުންދާ ގެއްލުންދެނިވި ހަމަލާތަކުގެ ސަބަބުން ވަރަށް ނަފްސާނީ ގޮތުން އަސަރު ކޮށްފައި ކަމަށެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދިން ޔުނިސެފްގެ ތަރުޖަމާނު ޓޮބީ ފްރިކަރ ބުނެފައިވަނީ ޣައްޒާގައި މަސައްކަތް ކުރާ ޔުނިސެފްގެ ސްޓާފެއްގެ ދަރިއެއްގެ ނަފްސާނީ ހާލަތު ދަށްވެ އަމިއްލަ ހަށިގަނޑަށް ގެއްލުންދޭން ފަށައިފައިވާ ކަމަށެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރާއިލުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 4000 އަށްވުރެ ގިނަ ކުދިން ވަނީ ޝަހީދު ވެފައެވެ. އަދި 1270 ކުދިން ވެއްޓިފައިވާ ޢިމާރާތް ތަކުގެ ދަށުގައި ތާށިވެ ނުނެގިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.