އައިއޭސީން އެނދުމަތި ކުރެވިފައި ތިބި ޣައްޒާގެ ކުދިންނަށް ހަދިޔާ ދެނީ/ ފޮޓޯ:އައިއޭސީ
ހަބަރު
07 Nov 2023 | 09:18
އެހީގެ ގޮތުގައި ޣައްޒާގެ ރައްޔިތުންނަށް 200،000 ޑޮލަރު!

ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް އެހީތެރިވުމަށް ޣައްޒާ ރިލީފް ފަންޑަށް އެހީގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރެއިން 200،000 ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ބެހިފައިވާނެ ކަމަށް އިންޓަނޭޝަނަލް އެއިޑްސް ކެންޕެއިން އިން ހާމަ ކޮށްފިއެވެ.

އައިއޭސީން އިއްޔެ އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި ވަގުތަކީ ޣައްޒާގައި ދިރުއުޅޭ ރައްޔިތުންނަށް ވަރަށް ހިތާމަވެރި ވަގުތެއް ކަމަށާއި، މި ބިރުވެރިކަމާއި ނާމާން ކަމުގެ ތެރޭގައި ދިރިއުޅެމުންދާ ފަލަސްތީނުގެ އެންމެހާ އަޚުންނާއި އުޚުތުންނާއި އެކު ތިބިކަން ހާމަކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން އެ ޖަމިއްޔާގެ ފަރާތުން ދަނީ، އެކި ކަހަލަ ޒަހަމްތައް ލިބިފައިވާ ކުޑަކުދިންގެ ގާތަށް ޒިޔާރަތް ކޮށް އެކުދިންނާއި ވާހަކަ ދައްކާލާ ހިތް އުފާ ކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށް ބުނެފައިވެއެވެ. އަދި މި ވަގުތަކީ އެކި ގޮތް ގޮތުން އެކުދިންނާއި ކުޅެ ސާމާކޮށް ވާހަކަ ދައްކާލަން ޖެހޭ ވަގުތުކަން އައިއޭސީގެ ޕޯސްޓުގައި ވެއެވެ.

އައިއޭސީން ބުނެފައިވާ ގޮތުގައި، އެ ޖަމިއްޔާއިން މިފަހުންވެސް ވަނީ އަޤްސާގެ ހޮސްޕިޓަލްގައި އެދުމަތި ކޮށްފައި ތިބި 700 ކުއްޖަކަށް ޒިޔާރަތް ކޮށް ކުޅޭ އެއްޗެހި ބަހާފައެވެ. 

ހޮސްޕިޓަލް ތަކުގައި ތިބި ކުޑަކުދިންނަށް ޒިޔާރަތް ކުރުމުގެ އިތުރުން، އެ ޖަމިއްޔާއިން ޢާއިލާ އަކަށް 500 ޑޮލަރުގެ މަގުން ޣައްޒާގެ 200 ޢާއިލާ އަކަށް ނަގުދު ފައިސާ ވެސް ބަހަމުންދާ ކަމަށް ބުނެފައިވެއެވެ. އެ ޖަމިއްޔާއިން މީގެ ކުރިންވެސް 500 ޑޮލަރުގެ މަގުން ޢައްޒާގެ 200 އާއިލާ އަކަށް ނަގުދު ފައިސާ ބަހާފައި ވެއެވެ. 

އެހެންކަމުން މިހާތަނަށް އެކު ޖުމްލަ 200،000 ޑޮލަރު ބެހިފައިވާ ކަމަަށް އެ ޖަމިއްޔާ އިން މައުލޫމާތު ދެއެވެ. 

ފައިސާގެ ގޮތުގައި ޢާއިލާތަކަށް އައިއޭސީން އެހީތެރި ވެފައި މިވަނީ ދޭރް ބަލަޙްގެ ހިސާބުގައި ޣައްޒާގެ ރައްޔިތުންގެ ފިހާރަތަކާއި ބައެއް މާރުކޭޓުތައް ހުރުމާއިއެކު، މިފައިސާގެ ބޭނުން ހިފި، އެރައްޔިތުންނަށް ކޮންމެސް ލުޔެއް ލިބިގެންދާނެތީ ކަމަށް އައިއޭސީން ބުނެއެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ހައްދު ފަހަނަ އަޅާގޮސް، އެމީހުން ވަނީ ޣައްޒާގެ ރައްޔިތުން އާންމު ދިރިއުޅުމުގެ އެންމެހާ ކަންކަމުން މަހުރޫމް ކޮށްލާފައެވެ. މިގޮތުން ކަރަންޓާއި ބޯނެ ސާފު ފެނާއި ކާތަކެތީގެ ސަޕްލައިއަށް ވެސް އިސްރާއީލު ސިފައިން ބާރު ފޯރުވަމުން ދާކަން ފާހަގަ ކޮށްލެވެއެވެ. އަސާސީ ބޭނުންތަކުން މަހުރޫމް ކުރުމުގެ އިތުރުން ޣައްޒާގެ އެތައް ހާސް ރައްޔިތުންނަށް ހަމަލާދީ، ގެތަކަށާއި ހޮސްޕިޓަލް ތަކަށާއި އެނޫންވެސް އެހެން ތަންތަނަށް ބޮން އަޅައި އެމީހުން ދަނީ ސުންނާފަތި ކުރަމުންނެވެ. މި އަހަރުގެ  އޮކްޓޫބަރު މަހުގެ 7  ފެށިގެން މިހާ ހިސާބަށް ދިހަ ހާސް ބާވީސް ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.