ވެއްޓިފައިވާ ޢިމާރާތް ތަކުގެ ތެރެއިން ޣައްޒާގެ މަންމައަކު އޭނާގެ ދަރިފުޅު އުރާލައިގެެން ނުކުންނަނީ. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
07 Nov 2023 | 10:42
ހަނގުރާމައަށް މަސްދުވަސް، ޝަހީދުންގެ ޢަދަދު 10،000 މައްޗަށް

ފަލަސްޠީނުގެ މިނިވަން ކަމަށްޓަކައި ހަނގުރާމަ ކުރަމުންދާ މުޖާހިދުންނާއި އިޒްރާއިލްގެ ޔަހޫދީންނާއި ދެމެދު ކުރެވެމުންދާ ހަނގުރާމައަށް މަހެއް ވެފައިވާއިރު ޝަހީދުވި ފަލަސްޠީނުގެ ރައްޔިތުންގެ ޣަދަދު 10،000 މައްޗަށް އަރައިގެން ގޮއްސިއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު މުޖާހިދުން ދިން ހަމަލާތަކިގެ ރައްދެއްގެ ގޮތުގައި ދޭން ފެށި ހަމަލާތައް އަދިވެސް އިޒްރާއިލުން ހުއްޓައިނުލައެވެ. މިހަމަލާތަކުގައި 10،000 ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރެއިން 4،104 ޝަހީދުންނަކީ ކުޑަކުދިންނެވެ. 2641 ޝަހީދުންނަކީ އަންހެނުންނެވެ.

އިޒްރާއިލުން ޣައްޒާއަށް ދޫކުރާ ފެނާއި، ކަރަންޓު އަދި ތެޔޮ ކަނޑާލައިފައިވާއިރު އިޒްރާއިލުން މިހާރު ދެމުންދާ ހަމަލާތައް ޣައްޒާގައި ފެން ރައްކާ ކުރާ ފެން ޓޭންކުތަކަށް އަމާޒުކުރަމުންދެއެވެ. އަދި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ސޯލަރ ޕެެނަލް ތަކަށް އަމާޒުކޮށްވެސް ދަނީ ހަމަލާތައް ދެމުންނެވެ.

އެގޮތުން އިއްޔެވެސް ވަނީ އަލް ޝިފާ ހޮސްޕިޓަލްގައި ހަރުކޮށްފައި ހުރި ސޯލަރ ޕެނަލް ތަކަށް އަމާޒުކޮށް ހަމަލާދީފައެވެ. ނަމަވެސް މިހަމަާއަށް ފަހު އިޒްރާއިލުން ވަނީ އަލް ޝިފާގެ ސޯލަރ ޕެނަލް ތަކަށް ހަމަލާނުދޭ ކަމަށް ބުނެފައެވެ.

އޮކްޓޫބަރު 17 ވަނަ ވީދުވަހުގެރޭ ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އަމާޒުކޮށްެވެސް އިޒްރާއިލުން ވަރުގަދަ ހަމަލާއެއް ދިނެވެ. މިހަމަލާގައި 500 އަށް ވުރެ ގިނަ މީހުން ޝަހީދުވެގެން ގޮސްފައިވެއެވެ. މިހަމަލާއަށް ފަހު އިޒްރާއިލްގެ ބޮޑު ވަޒީރު ނަތަންޔާހޫގެ ސޯޝަލް މީޑީއާ އެޑްވައިޒަރ ހަނަންޔާ ނަފްތަލް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިޒްރާއިލުން ފަލަސްޠީނުގެ ޓޭރަރިސްޓް ބޭސް އަކަށް ހަމަލާދީ ގިނަ ޢަދަދެއްގެ ޓެރަރިސްޓުން ތަކެއް ޝަހީދު ކޮށްލިކަމަށެވެ.

މި ޓްވީޓް ކުރިތާ އިރުކޮޅެއް ނުވެ އެޓްވީޓް ވަނީ ފޮހެލައިފައެވެ.

އަދި އިޒްރާއިލުން ފަހުން ބުނެފައިވަނީ އެއީ އިޒްރާއިލުން ދިން ހަމަލާއެއް ނޫން ކަމަށާއި، އެހަމަލާއަކީ ހަމާސް އިން ދިން ހަމަލާއެއް ކަމަށެވެ.

ކަރަންޓު އުފައްދާ ޖަނެރޭޓާރު ތަކަށް ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން ސިއްޚީ ފަރުވާދޭ ގިނަ ތަންތަނުގެ ޚިދްމަތް ތަކަށް ވަނީ ބުރުއަރައިފައެވެ.

އެގޮތުން އަލް ޤުދުސް ހޮސްޕިޓަލުން ރޭ ބުނެފައިވަނީ 48 ގަޑިއުރުތެރޭގައި ތެޔޮ ނުލިބިއްޖެނަމަ ތެޔޮ ހުސްވެ ހޮސްޕިޓަލްގެ ޚިދްމަތް މެދުކެނޑިދާނެ ކަމަށެވެ. މީގެ އިތުރުން އެހެން ހޮސްޕިޓަލްތައްވެސް ހިނގަމުންދަނީ އެއް ޖަނެރޭޓަރުން ލިބޭ ކަރަންޓުންނެވެ.

ހޮސްޕިޓަލްތައް މިފަދަ ދަތި ޙާލަތެއްގައި ހިންގަމުންދާއިރު އިޒްރާއިލް ސިފައިން ދަނީ ހޮސްޕިޓަލް ތަކުގެ ކޮރިޑޯ ތަކަށް އަމާޒުވާން ހެން ހަމަލާތައް ދޭން ފަަށައިފައެވެ.

މިހާރު ޣައްޒާގެ ހޮސްޕިޓަލް ތަކަކީ ހަމައެކަނި މީހުން ފަރުވާ ހޯދަމުންދާ ތަންތަނެއް ނޫނެވެ. ފަރުވާ ހޯދުމުގެ އިތުރުން ގިނަ ޢަދަދެއްގެ ބަޔަކު ބޯހިޔާ ވަހިކަން ހޯދަމުން ދަނީވެސް ހޮސްޕިޓަލް ތަކުގައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.