ނައްސިރް ކޮމްޕްލެކްސް ގައި ހުންނަ ރަންތީސީ ހޮސްޕިޓަލް. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
07 Nov 2023 | 11:09
ނައްސިރް މެޑިކަލް ކޮމްޕްލެކްސްއަށް ހަމަލާދީ 8 މީހަކު ޝަހީދު ކޮށްލައިފި

ޣައްޒާގެ ނައްސިރް މެޑިކަލް ކޮމްޕްލެކްސް އަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 8 މީހަކު ޝަހީދު ކޮށްލައިފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އާދީއްތަ ދުވަހު ދިން ވަރުގަދަ ހަމަލާއާއި އެކު ކަރަންޓާއި، މުވާސަލާތީ ގުޅުންތައް ކެނޑުނު ހަމަލާއަށް ފަހު، ހަތަރު ހޮސްޕިޓަލެއް ހުންނަ ނައްސިރް މެޑިކަލް ކޮމްޕްލެކްސްއަށް ހަމަލާދީފައިވާ ކަމަށެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީއާއި ހަވަލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ނައްސިރް އަށް ދިން ހަމަލާގައި 8 މީހަކު ޝަހީދުވެ ގިނަ ޢަދަދެއްެގެ ބަޔަކު ވަނީ ޒަޚަމްވެފައި ކަމަށެވެ.

އިޒްރާއިލުން ހަމަލާދިން ނައްސިރް މެޑިކަލް ކޮމްޕްލެކްސް ގައި އަލް ނައްސިރް ކުޑަކުދިންގެ ހޮސްޕިޓަލާއި، ރަންތިސީ ސްޕެޝަލައިޒްޑް ހޮސްޕިޓަލާއި، އައި ހޮސްޕިޓަލް އަދި ސައިކިއާޓްރިކްޓް ހޮސްޕިޓަލެވެ.

ރަންތީސީ ހޮސްޕިޓަލްގެ ޑޮކްޓަރަކު އަލްޖަޒީރާގައި ވިދާޅުވެފައިވަނީ އިޒްރާއިލުގެ މިލިޓަރީ އިން އެހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުންނަށް ގުޅައި ހޮސްޕިޓަލްގައި އަލިފާން ރޯކޮށްލާނެ ކަމުގެ އިންޒާރު ދިން ކަމަށެވެ.

ފަލަސްޠީނުގެ ގަޑިން 6:30 ގައި ރަންތީސީ ހޮސްޕިޓަލާއި ސައިކިއާޓްރިކްޓް ހޮސްޕިޓަލާއި ދެމެދުގައި ވާ ސަރަހައްދަށް ހަމަލާއެއް ދިން ކަމަށާއި، އެހަމަލާގައި 35 މީހަކު ވަނީ ޒަޚަމްވެފައި ކަމަށެވެ. އަދި އޭގެ ތެރޭގައި ބައެއް މެޑިކަލް ސްޓާފުންވެސް ހިމެނެއެވެ.

އޭގެ ދެގަޑިއިރު ފަހުން ރަންތީސީ ހޮސްޕިޓަލްގެ އުތުރާއި ދެކުނުންވެސް ހަމަލާދީފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަލްޖަޒީރާގަައި ރަންތީސީ ހޮސްޕިޓަލްގެ ޑޮކްޓަރަކާއި ހަވާލާދީ ބުނެފައިވަނީ އިރު އުތުރު ފަރާތުގައި ކުޑަކުދިންގެ ކެންސަރ ވާޑް ހުންނަ ކަމަށާއި ހަމަލާދިން ވަގުތު 30 ކުއްޖެއްގެ ކީމޯތެރަޕީ ސެޝަންތައް ކުރިއަށް ދިޔަކަމަށެވެ.

ނައްސިރަށް ދިން ތިންވަނަ ހަމަލާ އަމާޒުކޮށްފައިވަނީ އެހޮސްޕިޓަލްގެ އެމްބުޔުލާންސް ތަކާއި އެހެނިހެން ވެހިކަލް ތައް ހުރި ގްރައުންޑް ފްލޯ އަށް ކަމަށާއި އަދި އެތަނަކީ ގެދޮރު ގެއްލިފައި ތިބި އެތައް ބަޔަކު ބޯހިޔާވަހިކަން ހޯދަމުން ދިޔަ ތަނެއް ކަމަށްވެސް އަލް ޖަޒީރާގައި ބުނެފައިވެއެވެ.

ރަންތީސީ ހޮސްޕިޓަލްގެ ގްރައުންޑް ފްލޯގައި ހާލުގައި ޖެހިފައިތިބި ޣައްޒާގެ ރައްޔިތުން. ފޮޓޯ:އަލްޖަޒީރާ

“އަހަރެމެންގެ މިހޮސްޕިޓަލުގައި 80 އާއި 100 އާއި ދެމެދުގެ ޢަދަދަކަށް ބަލިމީހުން އެބަތިބި، 700 އެއްހާ ޢާއިލާ ވަގުތީ ހިޔާ ހޯދަމުން އެބަދޭ، އެއީ ގާތް ގަނޑަކަށް 5000 އެއްހާ މީހުން، މީގެ އިތިުރުން ހޮސްޕިޓަލުގެ ފެން ރައްކާކުރާ ޓޭންކަށާއި ސޯލަރ ޕެނަލް ތަކަށްވެސް ވަނީ ހަމަލާދީފަ، އޭގެ މާނައަކީ މިހާރު ހޮސްޕިޓަލުގެ ފެނުގެ ނިޒާމް ވަނީ ހުއްޓިފައޭ” ރަންތީސީ ހޮސްޕިޓަލުގެ ޑޮކްޓަރަކު އަލްޖަޒީރާއަށް ކިޔައިދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.