މިއަދުގެ ޝަރީޢަތުގެ އަޑުއެހުމުގެ ތެރެއިން--
ހަބަރު
07 Nov 2023 | 13:59
ނަޝީދު މައްސަލަ: މަޖިލީހުން ހުށައެޅީ ގަވައިދު އިސްލާހުކުރަން، އެމްޑީޕީން ބުނީ ނުވާނެކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ޤާނޫނު އިސްލާހުކުރުމާއި ގުޅޭގޮތުން މަޖިލީހުގެ ވިސްނުމާއި އެ މައްސަލަ ހުށައެޅި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ޚިޔާލު ތަފާތުވެ ބަހުސްކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި މަޖިލީހުގެ އަމީންއާންމު އާމިނަތު ނިއުޝާ ވަނީ ނަޝީދުގެ މައްސަލަ ޤާނޫނު އިސްލާހުކޮށްގެން ކުރިއަށް ގެންދެވޭނެ 4 ގޮތެއް ހުށައަޅާފަ އެވެ.

ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އަމީންއާންމު ހުށައެޅުއްވި 4 ޙައްލު:

1. މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ (ށ) ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ގަވާއިދަށް ގެންނަ އިސްލާހެއް ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުން

2. މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށް އާންމު މެމްބަރަކު ގަރާރެއް ހުށަހެޅުން

3. މަޖިލީހުގެ ގަވާއިދުގެ 249 މާއްދާގެ (ށ)ގެ ދަށުން ގަވާއިދަށް ގެންނަން ފެންނަ އިސްލާހު މައްސަލައެއްގެ ގޮތުގައި ހުށަހެޅުން؛ މިހާރު ވެސް އެފަދަ މައްސަލައެއް އޮތްކަމާއި އެ މައްސަލަ އެޖެންޑާކުރަން އަންގާފައިވާނެ ކަމަށް ވިދާޅުވި

4. ގަވާއިދުގެ 205 މާއްދާގައި މިހާލަތުގައި އަމަލުކުރާނެ ގޮތެއް ނެތަތީ، އެކަމާ މެދު އަމަލުކުރާނެ ގޮތަކާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުން

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ނިއުޝާ ވިދާޅުވީ ނަޝީދުގެ މައްސަލައެއް އޮތުމުން މަޖިލީހުގައި އިތުރުކަމެއް ނުކުރެވޭނެކަމަށް ބުނާ ބުނުމާއި އެއްބަސްވެނުލައްވާ ކަމަށެވެ. 

ޤަވައިދު ބުނާ ގޮތުން މައްސަލައެއް ހުށައެޅުންކަމަށް ވާނީ މަޖިލީހުގެ ގާނޫނީ ޖަލްސާއަކަށް މައްސަލަ ހުށައެޅުމުން ކަމަށާއި، ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ގަރާރު އަދި އެފަދަ ޖަލްސާއަކަށް ހުށައަޅާފައި ނުވާތީ މަޖިލީހުގެ އާންމު ޖަލްސާތައް ބޭއްވުމާއި އެހެން މަސައްކަތްތައް ކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ނިއުޝާ ވިދާޅުވި އެވެ. 

އެހެންކަމުން ޤާނޫނު އިސްލާހުކޮށްގެން މަޖިލީހުގެ ތެރެއިން އެ މައްސަލަ ޙައްލުކުރެވޭނެކަމަށް އަމީންއާންމު ނިއުޝާ ވިދާޅުވި އެވެ. 

ނިއުޝާ މިފަދައިން ވިދާޅުވި ނަމަވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅި އެމްޑީޕީން ބުނެފައިވަނީ މިހާރު މަޖިލީހުގެ ހާލަލު އޮތް ގޮތުން ގަވައިދު އިސްލާހުކޮށްގެން އެ މަސައްކަތް ކުރުމަކީ ކުރެވޭނެކަމެއް ނޫން ކަމަށެވެ. 

އެ މައްސަލައިގައި ސުޕްރިމް ކޯޓުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ވަކީލު ވިދާޅުވީ މީގެ ކުރިންވެސް ދެ ގަރާރެއްގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލީހުގެ ގަވާއިދު ވެސް އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވުނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަސްލަހަތު އޮންނަ ފަރާތެއްގެ ނުފޫޒު އިންތިހާއަށް ފޯރުވަމުންދާތީކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މައުލޫމާތުދޭ ކަމަށެވެ. 

މަޖިލީހުގެ ހާލަތު މިހާރު އޮތް ގޮތުން ގަވައިދު އިސްލާހުކުރުމަކީ ވާނެކަމެއްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި، އަދި މިފަދަ މައްސަލަތަކަކީ ދޫކޮށްލައިގެން ތިބެވޭވަރަށްވުރެ މާ ހައްސާސް މައްސަލަތަކެއް ކަމުން، ކޯޓުން މިކަމުގައި ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅައިދިނުން މުހިންމު ކަމަށް ވެސް އެމްޑީޕީގެ ވަކީލު ވިދާޅުވި އެވެ. 

"އެހެންވީމަ މި ދަންނަވާ ވާހަކައަކީ މިހާލަތުގައި އަޅުގަނޑަކަށް ނުފެނެއޭ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތަށް މަޖިލީހުން އިސްލާހުކޮށްގެން މި މައްސަލައަށް ހައްލެއް ގެނެވިދާނެ ކަމަކަށް"

އެމްޑީޕީގެ ޤާނޫނީ ވަކީލު

ނަޝީދު ވަކިކުރުމާއި ގުޅޭގޮތުން ސުޕްރިމް ކޯޓަށް ހުށައަޅާފައި ދުސްތޫރީ މައްސަލައަށް ޕީޕީއެމާއި ދަ ޑިމޮކްރެޓސްއިން ވެސް ތަދައްޚުލްވެފައިވާއިރު ދަ ޑިމޮކްރެޓްސްއިން ބުނެފައިވަނީ ސުޕްރިމް ކޯޓަށް އެ މައްސަލަ ހުށައެޅުމުގެ ބަދަލުގައި އެއީ މަޖިލީސް ތެރެއިން ޙައްލުކުރެވޭނެ ކަމެއް ކަމަށެވެ. 

އެހެން ނަމަވެސް އެމްޑީޕީ އާއި މަޖިލިސް ތަމްސީލުކުރައްވާ ބަންޑާރަ ނައިބުގެ އޮފީހުން އަދި މި މައްސަލައަށް ތަދައްހުލްވެފައިވާ ޕީޕީއެމް-ޕީއެންސީން ވެސް އެދުނީ ސުޕްރިމް ކޯޓުން އެ މައްސަލައަށް ޙައްލު ހޯއްދަވާދެއްވުމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
އެކި ސަރަހައްދުތަކުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
10 Jul 2026
”އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް ދެ ދަރުމަ ހުއްޓެވެ“
ޚުޠުބާގައި ބުނި ގޮތުގައި، ކީރިތި ޤުރްއާނަކީ އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތެވެ. އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއް ނުވާނޭ ފަދަ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅަކުން މިކަން ސާބިތުކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވީ، اللهގެ ފޮތް ކިޔަވައި، ނަމާދު ޤާއިމުކޮށް، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުންނަކީ އުުއްމީދުކުރާ ފަދަ ކާމިޔާބު ވިޔަފާރިއެއްގެ އަހުލުވެރިން ކަމަށެވެ.
10 Jul 2026
ނަތަންޔާހޫ ބޭނުންވަނީ ވޯލްޑްކަޕް އާޖެންޓީނާއިން ކާމިޔާބު ކުރަން
އިސްރާއީލުގެ ކޮމީޑިއަން ބެން ބެން ބާރޫޚް ހޮސްޓުކުރާ "ދަ މޯޖޯ ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ އާޖެންޓީނާއަށް ތާއީދުކުރަނީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާ ހެދި ނޫން ކަމަށާއި އެ ޤައުމުގެ ރައީސް ހާވިއެރް މިލޭއީގެ ސަބަބުން ކަމަށެވެ.
10 Jul 2026
20 އަހަރަށްފަހު، ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ނޮވެމްބަރުގައި
ރައީސް އައްބާސް ބުރާސްފަތި ދުވަހު ނެރުއްވި ރިޔާސީ ގަރާރެއްގައިވާ ގޮތުން، މި އިންތިޚާބު ހުޅަނގު އައްސޭރި އާއި، އިރުމަތީ ގުދުސް އަދި ގާޒާ ހިމެނޭހެން ފަލަސްތީނުގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ފަލަސްތީނުގައި ބާއްވާ މިފަދަ ފުރަތަމަ އިންތިޚާބެވެ.
10 Jul 2026
ފްރާންސް-މޮރޮކޯ މެޗުގައި ޕެނަލްޓީ ޖެހުން ލަސްކުރުމުން ހާލަންޑްގެ ފާޑުކިޔުން
މި މެޗުގައި ނުސައިރު މަޒްރާއީ އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެހުމަށް އެމްބާޕޭއަށް 3 މިނެޓާއި 10 ސިކުންތު ވަންދެން މަޑުކުރަން ޖެހުނެވެ. މި ލަސްވުން ދިމާވީ ވީއޭއާރު އިން އެ ހާދިސާ ބަލަމުންދާތީއެވެ. މިކަމާ ގުޅިގެން އެމްބާޕޭ ހުރީ ރެފްރީ ފަކުންޑޯ ޓެލޯ އާއި އޮފިޝަލުންނާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
10 Jul 2026
އެމްބާޕޭގެ މޮޅުކުޅުމާއެކު މޮރޯކޯ ބަލިކޮށް ފްރާންސް ސެމީފައިނަލަށް
މެޗްގައި ތަރިއަކަށްވީ ފްރާންސްގެ އެމްބަޕޭއެވެ. އޭނާ ވަނީ ގޯލެއް ޖެހުމުގެ އިތުރުން ފްރާންސަށް ދެވަނަ ގޯލެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.