ކުޑަ ކުދިންނަށް އަނިޔާ ކުރުމާއި ދެކޮޅަށް ބޭއްވި އިހްތިޖާޖު ގެ ތެރެއިން--
ހަބަރު
07 Nov 2023 | 14:41
ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި އިންޑިއާ އަންހެނަކު ހައްޔަރު ކޮށްފި

ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައިގައި، މާލޭގެ ގެއެއްގައި މެއިޑެއްގެ ގޮތުގައި ގެންގުޅޭ ބިދޭސީ އަންހެނަކު ހައްޔަރު ކޮށްފިއެވެ.

ރޭގައި ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯ އެއްގައި ފެންނަނީ, އަންހެންމީހާ އެނދުމަތީ އިނށީންދެގެން އިނދެ ކުޑަ ކުއްޖާ ނިންދެވުމަށް ފައި ތަޅުވާ ތަނެވެ. އެ ވަގުތު ނިދުމަށް އޮތް އެކުއްޖާގެ މޫނު މަތީގައި މެއިޑް ދެތިން ހަތަރު ފަހަރަކު ޖަހާތަން ވީޑިއޯއިން ފެނެއެވެ. އެއާއިއެކު އެ ކުއްޖާ ރޯންފެށުމުން ކުއްޖާ މަސަލަސް ކުރުމަށްފަހު އަނެއްކާވެސް ކުއްޖާ ނިންދެވުމަށް އެ އަންހެންމީހާ މަސައްކަތް ކުރެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ގެއެއްގައި ގެނގުޅޭ އިންޑިއާ މީހަކު އެގޭގައި އުޅޭ ކުޑަ ކުއްޖަކަށް އަނިޔާ ކުރާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން މިމައްސަލައާއި ގުޅިގެން ހައްޔރު ކޮށްފައިވަނީ އުމުރުން 22 އަހަރުގެ އިންޑިއާއަށް ނިސްބަތް ވާ އަންނެކެވެ. އޭނާ ގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ ކްރިމިނަލް ކޯޓުން ޖަހާފައެވެ.

ގޭގޭގައި ތިބޭ ބިދޭސީ މަސައްކަތް ތެރީން ކުދިންނަށް އަނިޔާކުރާ މައްސަލަތައް މީގެ ކުރިންވެސް ފުލުހަށް ހުށައަޅާފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.