ރާއްޖޭގެ ދޯންޏެއް މަސްވެރިކަމުގައި
ހަބަރު
07 Nov 2023 | 14:53
އިންތިޚާބަށް ބޮޑު ކުރި މަހުގެ އަގު ކުޑަ ކުރަން މަޝްވަރާ ކުރަނީ!

މިދިޔަ ސެޕްޓެމްބަރު މަހު މަސް ކިލޯއެއްގެ އަގު 25ރ. އަށް ބޮޑުކުރުމަށް ނިންމައި ގެނެވުނު ބަދަލު ދެކޮޅު ނުޖެހޭ ކަމަށްބުނެ އެ އަގުތައް ރިވިއު ކުރުމަށް ފިނޭންސް މިނސިްޓްރީއާއި ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާ ކުރެވެމުން އަންނަކަން މިފްކޯއިން ހަމަކޮށްފިއެވެ. 

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އާއި ހަވާލާދީ އޮންލައިން ނޫސް 'މިހާރު' ގައި ބުނެފައިވާ ގޮތުން، މަސް ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރި ނަމަވެސް މާކެޓުގެ އަގު ހުރި ގޮތުން މި ވަގުތު އަގު ހުންނަން ޖެހޭނީ 20 ރުފިޔައަށް ވުރެ ވެސް ދަށް އަގެއްގައެވެ. އެހެން ނޫން ނަމަ އެކުންފުނީގެ ހަރަދުތައް ހަމަޖައްސަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށާއި މިހާރުވެސް އެ ކުންފުނީގެ އޮޕްރޭޝަން ދަނީ ވަރަށް ދަށްކޮށް ކަމުގައި ފައުޒީ ވިދާޅުވި ކަމަށް އެ ނޫހުގައި ވެއެވެ. 

ވުމާއެކު މިހާރު އެ އަގު ރިވިއު ކުރުމަށްޓަކައި ފިނޭންސް މިނސިްޓްރީއާއި ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާ ކުރެވެމުން އަންނަކަމުގައި ފައުޒީ ވަނީ ވިދާޅުވެފައެވެ. 

ހަރަދުތައް ހަމަޖައްސަން ވަރަށް އުނދަގޫވެފައި މި އޮތީ. ބިލްތައް ޕެންޑިންގައި ގިނައީ ވެސް އަގަށް ގެނައި ބަދަލުގެ ސަބަބުން. މާކެޓު ރޭޓަށް ބަލާއިރު 20ރ. އަށް ވުރެ ދަށްކޮށް އަގު ބަހައްޓައިގެން ކުރިއަށް ދެވޭނީ. މިފްކޯގެ އޮޕަރޭޝަން ވަރަށް ބޮޑުކޮށް މިދަނީ

ފައުޒީ އާއި ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވެއެވެ

މީގެ އިތުރުން، ސަރުކާރުގެ އެހީތެރިކަމާ އެކު ނޫން ގޮތަކަށް ކުންފުނި މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށާއި މަސްވެރިންގެ ބިލްތަކަށް ފައިސާ ދިނުން ލަސްވަނީ ވެސް، އަގު އެހާ ބޮޑު ކުރުމުން ކުރިމަތިވި ތާށިކަމާ ހެދި ކަމަށްވެސް ފައުޒީ ވިދާޅުވި ކަމަށް އެ ނޫހުގައި ވެއެވެ.

މިއަހަރަށް ދައުލަތުގެ ބަޖެޓުން ވަނީ 250 މިލިއަން ރުފިޔާ މިފްކޯއަށް ދޭން ކަނޑައަޅައިފައެވެ. އެކަމަކު މަސް ކިލޯއެއް 25ރ. އަށް ބޮޑު ކުރުމުން ހަރަދު ދެގުނައަސް ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. 

މަސްވެރިން މަސް ގަންނަ އަގު 17ރ. އިން 25ރ. އަށް ބޮޑުކުރީ، އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވައެވެ. ސަރުކާރުން އޭރު ބުނީ، އެގޮތަށް ނިންމީ، ޔޫރަޕްގެ މާކެޓަށް ވިއްކާ މަހުން ނަގާ 22 ޕަސެންޓް ކަނޑާލަން ކުރާ މަޝްވަރާތައް ވަރަށް ޕޮޒިޓިވްކޮށް ކުރިއަށްދާތީ ކަމަށާއި އެކަން އެގޮތަށް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.