އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް--ފޮޓޯ/އިންތިޚާބީ ރައީސްގެ އޮފީސް
ހަބަރު
07 Nov 2023 | 14:35
މިނިވަން މުވައްސަސާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓްގެ ތާށިކަން: ފިރުޒުލް

މިނިވަން އެކިއެކި މުއައްސަސާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން ފިރުޒުލް ވަނީ، އިންތިގާލީ ކޮމިޓީތަކުން މިނިވަން އެކިއެކި މުވައްސަސާތަކަށް ކުރި ޒިޔާރަތް ތަކުން ލިބުނު މައުލޫމާތު ތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، އެ ކޮމިޓީތަކަށް ލިބުނު މައުލޫމާތު ތަކުގެ އަލީގައި އެ މުވައްސަސާ ތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފިރުޒުލް ފާހަގަކުރެއްވީ ބަޖެޓްގެ މައްސަލަ ކަމަށެވެ. އަދި އެ މުވައްސަސާ ތަކަށް ދިނުމަށް ސަރުކާރުގައި އެދޭ މިންވަރަށް މިހާތަނަށް އެއް ފަހަރުވެސް ބަޖެޓް ލިބިފައި ނުވާ ކަމަށް އެނގިފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. 

"މުއައްސަސާތަކުން އެދިފައިވާ ބަޖެޓު އެ މުއައްސަސާއަށް ދުވަހަކުވެސް ނުލިބޭކަން ފާހަގަކުރެވެނު،" ފިރުޒުލް ވިދާޅުވިއެވެ.

އެދެވޭ ބަޖެޓް ނުލިބުމުގެ ސަބަބުން، އެ މުވައްސަސާ ތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްފަހު ދެން މާ ބޮޑު ކަމެއް ކުރުމަށް ފައިސާ ނުހުންނަ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އެގޮތުން، އެ މުވައްސަސާ ތަކުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތައް ބޭއްވުން ފަދަ ކަންކަމާއި، ޓްރެއިނިންގ ތައްވެސް ރަނގަޅަށް ކުރިއަށް ނުގެންދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފިރުޒުލް އިތުރަށް ވިދާޅުވީ، ބަޖެޓްގެ ތާށިކަމާއި ހުރެ، ފަންނީ މުވައްޒަފުން ގެ ދަތިކަންވެސް މިނިވަން މުވައްސަސާތަކަށް އޮތް ކަމަށެވެ. އެހެނީ ބަޖެޓުގެ ދަތިކަން އޮތުމުގެ ސަބަބުން މުވައްޒަފުންނަށް އެކަށީގެންވާ މުސާރަ ނުދެވުމުގެ ސަބަބުން މުވައްޒަފުން ހަރުނުލާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެހެންކަމުން މުއައްސަސާތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށްދެއްވުމަކީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ވަރަށް ބޮޑު އަމާޒެއް ކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.