ޚާން ޔޫނިސް އަށް ދިން ހަމަލާތަކެެއްގައި ހަލާކުވެފައިވާ ޢިމާރާތެއް. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
07 Nov 2023 | 14:49
ކުޑަކުދިން ވަޅުލާ ސަހަރާއަކަށް ޣައްޒާ ނުވަނިސް ހަމަލާތައް ވަގުތުން ހުއްޓާލާ: ގުޓްރެސް

ކުޑަކުދިން ވަޅުލާ ސަހަރާއަކަށް ޣައްޒާ ނުވަނިސް ހަމަލާތައް ވަގުތުން ވަގުތައް ހުއްޓާލުމަށް އދ ގެ ޗީފް އެންޓޯނިއޯ ގުޓްރެސް ގޮވައިލައިފިއެވެ.

ޣައްޒާގައި ޝަހީދުވި މީހުންގެ ޢަދަދު 10،000 މައްޗަށް އެރުމާއި އެކު ޣައްޒާގައި ހިނގަމުންދާ ހަމަލާތައް ވަގުތުން ވަގުތައް ހުއްޓާލުމަށް ގުޓްރެސް ގޮވައިލާ ގޮވައިލުން ގަދަ ކޮށްފިކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޣައްޒާ ކުޑަކުދިން ވަޅުލާ ސަހަރާއަކަށް ވަމުންދާ ކަމަށާއި، 4100 ކުދިން މިހާރު ޝަހީދު ވެފައިވާ ކަމަށާއި، ޣައްޒާ ކުޑަކުދިންގެ ސަހަރާއަކަށް ނުވަނީސް ހަމަލާތައް ހުއްޓާލުމަށް ގުޓްރެސް ވަނީ ގޮވައިލައިފައި ކަމަށް އަކލްޖަޒީރާގައި ބުނެފައިވެއެވެ.

“އެތައް ސަތޭކަ އަންހެން ކުދިންނާއި ފިރިހެން ކުދިން ދަނީ ކޮންމެ ދުވަހަކު ޝަހީދުވަމުން އަދި ޒަޚަމްވަމުން، ފާއިތުވި ތިން ދަހަރު ތެރޭގައި ނޫސްވެރިން މަރުނުވާވަރަށް މިފާއިތުވި 4 ހަފްތާގެ ތެރޭގައި ވަނީ މަރުވެފައި، އދ ގެ މުޅި ތާރީޚުގައި އދ.ގެ މަސައްކަތްތެރިން މަރުނުވާވަރަށް މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަނީ މަރުވެފަ” ގުޓްރެސް ބުނެފައިވެއެވެ.

ގުޓްރެސް ބުނެފައިވަނީ ޣައްޒާގައި އެއްވެސް މީހަކަށް ރައްކާތެރި ކަމެެއް ނެތް ކަމަށެވެ.

އިޒްރާއިލުން ވަނީ ޣައްޒާ ހިޞާރުކޮށްފައެވެ. ފެނާއި ކާބޯތަކެއްޗާއި ކަރަންޓާއި ފެނާއި ތެޔޮ ލިބޭނެ މަގުވެސް ވަނީ އިޒްރާއިލުން ބަންދުކޮށްފައެވެ. ހަމަލާތަކުގެ ސަބަބުން 1.5 މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފައެވެ. ޝަހީދުންގެ ޢަދަދު 10،000 މައްޗަށް އަރައިފައި ވާއިރު 25،000 ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.