ފިރްޒުލް
ހަބަރު
07 Nov 2023 | 15:45
ފްލެޓް ލިބޭ ލިސްޓްގައި ޝަރުތު ހަމަނުވާ މީހުން ހިމަނައިފި ނަމަ ފިޔަވަޅު އަޅާނަން: ފިރްޒުލް

މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުކަމަށްވާ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަނުވާ މީހުން އުސޫލުން ބޭރުން ހިމަނާފައިވާ ނަމަ، އެކަމުގައި ޝާމިލްވާ މީހުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާނެކަން އިންތިހާބީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ. 

އިންތިޚާބީ ރާއީސް ގެ އޮފީހުގައި މިއަދު ބޭއްވި އިބްތިޤާލީ މަރުހާލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، މިހާރު ދޫކުރަމުން ދާ ފްލެޓްތައް ނުޙައްޤުން، ނުޤަވާއިދުން އަދި އުސޫލުން ބޭރުން ދީފައިވާނަމަ، އެކަންކަން ބަލާނެ ކަމަށެވެ.

"(ގެދޮރުވެރިކަމުގެ) ލިސްޓުތަކަށް ޖުމްލަ ގޮތެއްގައި އޮނާ ކުރެވިގެން ދިޔަކަމުގައިވީ ނަމަވެސް މިހެން ނުގަވާއިދުން، އިންސާފުން ބޭރުން، އުސޫލުން ބޭރުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވާނަމަ އެކަންކަމަށް ބަލައި، އެކަންކަމުގެ ތެރޭގައި ހަމަ ހަގީގަތުގަ ވެސް އުސޫލުން ބޭރުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ފާހަގަވާނަމަ އެފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ." ފިރުޒުލް ވިދާޅުވި އެވެ

ފިރްޒުލް 

މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ނާއިންސާފުގެ ކުރިމަތީގައި ނާއިންސާފުން ކަންކަން ކުރިއަށް ދާއިރު އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅާ ހުރުމަކީ އެންމެ އަދުލުވެރި ގޮތް ނޫން ކަމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެހެންކަމުން އެ އުސޫލުން، ނާއިންސާފުން ކަންތައްތަކެއް ހާސިލްކޮށްފައިހުރިނަމަ ޝަރުތު ހަމަނުވާ ފަރާތްތަކަކަށް ދެވިފައިހުރި ކަމަށް ވާނަމަ ނުވަތަ އެނޫންވެސް އެފަދަ އެހެން ކަންތައްތަކެއް ހުރިނަމަ އެކަންކަމާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކޮށްލަން."

މުހައްމަދު ފިރުޒުލް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20،000ށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން 13،000ށްވުރެ ގިނަ މީހުންގެ ޝަރުތު ހަމަވެއެވެ.

އެގޮތުން ޝަރުތު ހަމަވާ މިހުންގެ ތެރެއިން ފުރަތަމަ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މިދިޔަ ހޮނިހިރު ދުވަހު އާންމުކުރުމާއެކު ލިސްޓަށް ޕޮއިންޓް ދީފައިވާ ގޮތާއި މެދު ނުރުހުންވުން ފާޅުކޮށް ގިނަ އަދަދެއްގެ އާންމުން ވަނީ ޕްލޭނިން މިނިސްޓްރީއަށް އެއްވެ އިހްތިޖާޖު ކޮށްފައެވެ. 

ފްލެޓުގެ ދާއިމީ ލިސްޓު އިއުލާންކުރުމާ އެކު އެއީ އިންސާފުން ބޭރުން އެކުލަވާލައި އާއްމުކޮށްފައި އޮތް ލިސްޓެއް ކަމުގެ ޝަކުވާ ބޮޑުވެ އެ މައްސަލަ އޭސީސީއަށް ހުށަހެޅުމާއެކު އެ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފްލެޓުތައް ހަވާލުކުރުމާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް، ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދީ، އެ ޝަކުވާތަކަށް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް އެސީސީން ވަނީ އަންގައިފައެވެ. 

އަދި ފްލެޓް ދިނުމުގެ އުސޫލުތަކާއި ގުޅުން ހުރި ކަންކަން ބެލުމަށްޓަކައި އިއްޔެގެ ވަގުތެއްގައި އޭސީސީގެ ކުއިކް ރެސްޕޮންސް ޓީމުން ވަނީ ޕްލޭނިންގް މިނިސްޓްރީއަށް ވަދެ ކަމާގުޅުންހުރި ލިޔުންތައް ބަލައި ފާސްކޮށްފައެވެ. 

ކޮމެންޓް
ލެއްބެ
ތިޔަ ތަނުގައި ޝަރުތުހަމަވާ އެކަކުވެސްނޫޅޭނެ. މާލޭގައި 25 އަހަރުވަދެން އުޅުނުކަމުގެ ސިޓީ ހޯދައިގެން އެންމެވެސްތިބީ. އެކަމަކު އިހައްދުވަހު މާލެއައިމީހާވެސް މިގޮތަށް ސިޓީހޯދީމާ ޝަރުތުހަމަވީ.
07 Nov 2023
ޢާއިޝާ
"ހުށަހަޅާ ފަރާތުގެ އަނބިމީހާ/ފިރިމީހާ ކައިވެންޏަށްފަހު ވޭތިވެދިޔަ 15 އަހަރުތެރޭގައި މާލޭގައި ވަޒީފާއަދާކުރި/މިހާރު ވަޒީފާ އަދާކުރަމުން ގެންދާ ތަންތަނުގެ ލިޔެކިޔުން". މިހެން އޮތުމުން އެޑްވާންޓޭޖް ނަގާފަ ހުރިކަން ފާހަގަވޭ.
07 Nov 2023
ޢާއިޝާ
ފިރިމީހާއަށް ހިޔާ ފުލެޓް. ރަށުގަ އުޅޭ އަނބިމީހާ މާލޭގަ އުޅޭތާ 15 އަހަރު ނުވަނީސް މިފަހަރު ފުލެޓް. ވެރިފައި ކުރުމަށް ދަރިންގެ ސްކޫލް ރިކޯޑްސް ޗެކު ކުރުން މުހިއްމު ކަމަށް ފެނޭ.
07 Nov 2023
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.