ދާރިސް ޓީވީގެ ލޯގޯ--
ހަބަރު
07 Nov 2023 | 16:41
މިހާރު މީޑިއާނެޓް މެދުވެރިކޮށް މުޅި ރާއްޖެއަށް 'ދާރިސް ޓީވީ' ލިބޭނެ!

ޖަމިއްޔަތު ސަލަފްގެ ޓީވީ ޗެނަލް ކަމުގައިވާ "ދާރިސް ޓީވީ" މީޑިއާނެޓް މެދުވެރިކޮށް މުޅި ރާއްޖެއަށް ލިބޭ ގޮތް ހަދައިފިއެވެ. 

މިކަން އިއުލާންކޮށް ދާރިސް ޓީވީން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މީޑިއާނެޓްގެ 131 ވަނަ ޗެނަލްއިން ދާރިސް ޓީވީ ބަލާލެވޭނެ ކަމަށެވެ. 

މީޑިއާނެޓް މެދުވެރިކޮށް ދާރިސް ޓީވީގެ މުޅި ރާއްޖެއަށް ދައްކަން ފެށުމާއި ގުޅިގެން އެ ޓީވީގެ ސްޓޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވީ، މީޑިއާނެޓް މެދުވެރިކޮށް ދާރިސް ޓީވީ ލިބިގެން ދިޔުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު އެދުމެއް ކަމަށާ، އެ އެދުން ފުރިހަމަވެގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. 

"ދާރިސް ޓީވީ އަކީ އަދި ވަރަށް ޅަ ޓީވީއެއް. އެހެންނަމަވެސް މާތް الله ގެ ރަހުމަތުން، ވަރަށް ގިނަ ކަންކަން ހާސިލްވެފައި މިވަނީ. ވަރަށް ގިނަ ގޭގޭގައި 24 ގަޑިއިރު އަޅުވާފައި އިންނަ ޓީވީ އަކަށް ދާރިސް ޓީވީ ވެއްޖެ." އަލީ ރަމީޒު ވިދާޅުވި އެވެ.

ދާރިސް ޓީވީން އަންނަނީ ދީނީ އެކިއެކި މައުލޫމާތު ހިމެނޭ ޕްރޮގްރާމް ތަކުގެ އިތުރުން، އިޖްތިމާޢީ އަދި އެހެނިހެން ދާއިރާ ތަކާއި ގުޅޭ ޕްރޮގްރާމް ތަކާއި ކުޑަކުދިންނާއި ގުޅޭ ޕްރޮގްރާމްތައްވެސް ގެނެސްދެމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.