ރޭ ރަންތީސީ ހޮސްޕިޓަލަށް ދިން ހަމަލާގައި ހަލާކުވެފައިވާ ތަނެއް. ފޮޓޯ: އަލްޖަޒީރާ ަ
ދުނިޔެ
07 Nov 2023 | 17:43
ޣައްޒާގެ ކުޑަކުދިންގެ ޚާއްސަ ހޮސްޕިޓަލެއް ހުސްކުރަން އިޒްރާއިލް ސިފައިން އަންގައިފި

ޣައްޒާގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލެއް ކަމަށްވާ ރަންތީސީ ޗިލްޑްރެންސް ހޮސްޕިޓަލް ހުސްކުރުމަށް އިޒްރާއިލްގެ ޔަހޫދީން އަންގައިފިއެވެ.

ރަންތީސީ ހޮސްޕިޓަލަށް ބޮން އަޅާނެ ކަމަށް ބުނެ އިޒްރާއިލް ސިފައިން ވަނީ އެހޮސްޕިޓަލް ހުސްކުރުމަށް އަންގައިފައެވެ.

އެހޮސްޕިޓަލްގައި މިވަގުތު 70 ކުއްޖަކު ފަރުވާ ހޯދަމުން ދާ ކަމަށާއި، ގިނަ ކުދިން ތިބީ އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރެވޭނެ ފަދަ ޙާލަތެއް ގައި ނޫން ކަމަށް ވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ބަލި ޙާލަތުގައި ތިބި ކުދިންގެ އިތުރުން ރަންތީސީ ހޮސްޕިޓަލްގައި ހާހަކަށް މީހުން ދަނީ ވަގުތީ ބޯހިޔާވަހިކަން ހޯދަމުންނެވެ.

ރަންތީސީ ހޮސްޕިޓަލަކީ އިނގިރޭސި ވިލާތުން ފަންޑު ކޮށްގެން ހިންގާ ހޮސްޕިޓަލެކެވެ.

ރޭ އިޒްރާއިލުން ވަނީ ރަންތީސީ ހޮސްޕިޓަލް ހުންނަ ނައްސިރް މެޑިކަލް ކޮމްޕްލެކްސް އަށް އަމާޒުކޮށް ވަނީ ހަމަލާތަކެއް ދީފައެވެ. އިޒްރާއިލުން ހަމަލާދިން ނައްސިރް މެޑިކަލް ކޮމްޕްލެކްސް ގައި އަލް ނައްސިރް ކުޑަކުދިންގެ ހޮސްޕިޓަލާއި، ރަންތިސީ ސްޕެޝަލައިޒްޑް ހޮސްޕިޓަލާއި، އައި ހޮސްޕިޓަލް އަދި ސައިކިއާޓްރިކްޓް ހޮސްޕިޓަލެވެ.

ރަންތީސީ ހޮސްޕިޓަލްގެ ޑޮކްޓަރަކު އަލްޖަޒީރާގައި ވިދާޅުވެފައިވަނީ އިޒްރާއިލުގެ މިލިޓަރީ އިން އެހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުންނަށް ގުޅައި ހޮސްޕިޓަލްގައި އަލިފާން ރޯކޮށްލާނެ ކަމުގެ އިންޒާރު ދިން ކަމަށެވެ.

ރޭ ނައްސިރް މެޑިކަލް ކޮމްޕްލެކްސްއަށް ތިން ފަހަރެއްގެ މަތިން އިޒްރާއިލުން ހަމަލާދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.