ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ހަބަރު
07 Nov 2023 | 16:51
ޕީއެސްއައިޕީ މަޝްރޫޢުތަކުގެ މުއްދަތު 6 މަސްދުވަހާއި ހަމައަށް އިތުރުކުރަން ސަރުކާރުން ނިންމައިފި

ދައުލަތުން ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫ ތައް ހިންގުމުގައި ކޮންޓްރެކްޓަރުންނަށް ދިމާވެފައިވާ އެކިއެކި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މަޝްރޫޢުތަކުގެ މުއްދަތު 6 މަސްދުވަހާއި ހަމައަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން އާއްމު ކުރި ސާކިޔުލާއެއްގައި ބުނީ، ދައުލަތުން ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ކޮވިޑް 19ގެ ޙާލަތާއި ގުޅިގެންދިމާވި އެކިއެކި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 2020 ވަނަ އަހަރު ކޮވިޑްގެ ޙާލަތު އިޢުލާނުކުރެވުނު ފަހުން، އަދި 30 މޭ 2023ގެ ކުރިން ސޮއިކޮށްފައިވާ މަސްރޫޢުތަކުގެ ތެރެއިން މިހާރުވެސް ކުރިއަށްދާ މަސްރޫއުތަކުގެ މުއްދަތު 6 މަސްދުވަހާއި ހަމައަށް މުއްދަތު އިތުރުކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އަދި މުއްދަތު އިތުރުކުރުމަށް ނިންމާފައިވާނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކަމަށްވެސް އެ ސާކިޔުލާގައި ބުނެފައިވެއެވެ.

އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫއު އެއްގައި  ބައިވެރިވެފައިވާ ކޮންޓްރެކްޓަރުން، އެފަރާތުގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ މުއްދަތު، 6 (ހައެއް) މަސް ދުވަހަށްވުރެ އިތުރުނުވާ ގޮތަށް 16 ނޮވެންބަރު 2023 ގެ ނިޔަލަށް އެ ކޮންޓްރެކްޓެއް ހިންގާ އޮފީހަށް އެދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.

އަދި އެފަދަ އެދިލެއްވުންތަކަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ހުއްދަދީ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށް އެއްބަސްވުންތައް އަދާހަމަކުރުމަށް އެ މިނިސްޓްރީން ވަނީ ދައުލަތުގެ އޮފީސް ތަކަށް އަންގާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.