ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް-- ފޮޓޯ/ވޮއިސް
ހަބަރު
07 Nov 2023 | 17:51
"ފްލެޓް ދިނުމުގައި، އަންނަ ސަރުކާރުން ފިޔަވަޅު އަޅަަން ޖެހޭނެ ކަމެއް ކޮށްފައެއް ނޯންނާނެ"

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ ދަށުން ފުލެޓާއި ގޯތި ދޫކުރުމުގައި، ކަންކަން ކޮށްފައިވާނީ އަންނަން އޮތް ސަރުކާރުވެސް ވަރަށް ހިތްހަމަޖެހޭނެ ގޮތަށް ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ. 

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ، މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން، ނާއިންސާފުން ފްލެޓު ހޯދާފައިވާނަމަ އާ ސަރުކާރުގައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

"އެ [ގެދޮވެރިކަމުގެ] ލިސްޓުތަކަށް ޖުމްލަ ގޮތެއްގައި އޮނާ ކުރެވިގެން ދިޔަކަމުގައިވީ ނަމަވެސް މިހެން ނުގަވާއިދުން، އިންސާފުން ބޭރުން، އުސޫލުން ބޭރުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވާނަމަ އެކަންކަމަށް ބަލައި، އެކަންކަމުގެ ތެރޭގައި ހަމަ ހަގީގަތުގަ ވެސް އުސޫލުން ބޭރުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ފާހަގަވާނަމަ އެފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ." ފިރުޒުލް ވިދާޅުވި އެވެ.

"އެހެންކަމުން އެ އުސޫލުން، ނާއިންސާފުން ކަންތައްތަކެއް ހާސިލްކޮށްފައިހުރިނަމަ ޝަރުތު ހަމަނުވާ ފަރާތްތަކަކަށް ދެވިފައިހުރި ކަމަށް ވާނަމަ ނުވަތަ އެނޫންވެސް އެފަދަ އެހެން ކަންތައްތަކެއް ހުރިނަމަ އެކަންކަމާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކޮށްލަން."

އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް 

ފިރުޒުލް މިހެން ވިދާޅުވުމާއި ގުޅިގެން، މިއަދު ޕްލޭނިންގ މިނިސްޓްރީން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެކަމާއި ގުޅޭ ސުވާލެއް ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، ފުލެޓް އަދި ގޯތި ބެހުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ މައުލޫމާތު ޓްރާންސިޝަން ކޮމިޓީގެ މެންބަރުންނަށް ދައްކާފައިވާ ކަމަށެވެ. އަދި އެކަންކަމުގެ އިދާރީ ކަންކަން ބަލަހައްޓަމުންދަނީ ސިޔާސީ ބޭފުޅުން ނޫން ކަމަށާށ އެއީ ސިވިލް ސާވިސްގެ މުވައްޒަފުން ކުރާ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ކުރީ ސަރުކާރު ތަކާއި ޚިލާފަށް މީގެ (ގޯތި އަދި ފްލެޓްގެ) ހުރިހާ ކަމެއް ސިވިލްސާވިސް މުވައްޒަފުންގެ އަތް މަތީގައި އޮންނާނީ. މީގެ އެއްވެސް އެއްޗެއް ނުގެއްލޭނެ. ހަމަ އެއްވެސް އެއްޗެއް ނުގެއްލޭނެ އެނގޭތޯ. އެއާ ޚިލާފަށް ކުރީ ސަރުކާރުގެ ހައުސިންގް ސްކީމްތަކާ ބެހޭ އެއްވެސް އެއްޗެއް އެނގޭ އެއްވެސް ބޭފުޅެއް ނެތް. އަދި ސިވިލް ސާވިސް ބޭފުޅުންގެ ތެރޭގައިވެސް މިކަން އެނގިލައްވާ ބޭފުޅަކު ނެތް. އެބޭފުޅުން (ކުރީ ސަރުކާރުން) ކަން ކުރައްވާފައި ހުރީ ވަގުތީ ބޭފުޅުން ނަންގަވައިގެން. އެބޭފުޅުންގެ ޓާމު ނިމުނީމާ އެހިސާބުން އެވެސް އެދިޔައީ. އެއާ ޚިލާފަށް އަޅުގަނޑުމެންނަށް މި އެއްޗެހި އެނގޭ ވަރަށް، ސިވިލް ސާވިސް މުވައްޒަފުން (ޓްރާންސިޝަނަލް ކޮމިޓީއަށް) ކިޔައިދީފައި ހުންނާނީ. މިކަން ކުރަނީ މިހެންނޭ، މީގައި މިހާ މައުލޫމާތު ހުންނާނެއޭ. މިގޮތަށޭ މި ހިންގަނީ. 

ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް

"އެހެންވީމާ އެއްވެސް ޖެހިލުމެއް އަޅުގަނޑުމެންގެ ނެތް. އަޅުގަނޑުމެން އުއްމީދު ކުރަނީ މިކަން ކޮށްފައި އޮތްލެއް ފުރިހަމަކަން އެ ބޭފުޅުން އަދި ކޮންމެވެސް ދުވަހަކު ބުނާނެ ކަމަށް." ފުލެޓް ދީފައިވާ ގޮތާއިމެދު ފިޔަވަޅު އަޅާނެ ކަމެއް ނޯންނާނެކަން ހާމަކުރައްވައި އާރިފް ވިދާޅުވި އެވެ. 

ކޮމެންޓް
ވޖބޖބ
ޕޮއިންޓްތަކާ ކުޅެލެވޭނެ ނޫންތޯ ބޭނުންވާ މީހާ އެމީހާގެ ބައިތަކަށް މަދުން ދެވިފަހުރީމަ ޕޮއިންޓް ގިނަކޮށްލަދީފަ ހުރީ. ދަރިންނެތް މީހުން ހަމައެކަނި ދެމަފިރިން އުޅޭއިރު ގޭގަ ފަނަރަވަރަކަށް މީހުންތިބިކަމަށް ދައްކައިގެން
07 Nov 2023
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.