ބޮމުގެ ހަމަލާއެއްގައި ޣައްޒާގެ ބޭކަރީއެއް ހަލާކުވެފައި. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
07 Nov 2023 | 19:56
ޣައްޒާގެ އުތުރުގައި ހުރި ހުރިހާ ބޭކަރީއެއްގެ ޚިދްމަތް ވަނީ މެދުކެނޑިފައި

ޣައްޒާގެ އުތުރުގައި ހުރި ހުރިހާ ބޭކަރީއެއްގެ ޚިދްމަތް ވަނީ މެދިކެނޑިފައި ކަމަަށް ފަލަސްޠީނުގެ އިންޓީރިއަރ މިނިސްޓްރީ އިން ބުނެފިއެވެ.

ފަލަސްޠީނުގެ އިންޓީރިއާ މިނިސްޓްރީ އާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ޣައްޒާގެ އުތުރުގައި ހުރި ހުރިހާ ބޭކަރީއެއް ޚިދްމަތް ހުއްޓިފައިވާ ކަމަށެވެ. އެއްބައި ބޭކަރީތައް ހުއްޓިފައިވަނީ އިޒްރާއިލުން ބޮން އެޅުމުގެ ސަބަބުން ތަނުގެ ޢިމާރާތް ހަލާކުވެގެން ކަމަށާއި، އަނެއް ބައިތަންތަން ހުއްޓިފައިވަނީ ތެލާއި ފުށް ނުލިބުމުގެ ސަބަބުން ކަމަށް އަލް ޖަޒީރާގައި ބުނެފައިވެއެވެ.

މިދިޔަ މަހު އެމެރިކާގެ އޮކްސްފާމް ނަމަކަށް ކިޔާ ޗެރިޓިބަލް އޮގަނައިޒޭޝަން އަކުން ބުނެފައިވަނީ އިޒްރާއިލުން ޣައްޒާގެ ރައްޔިތުން މެރުމަށް ބަނޑުހައިހޫނު ކަން ބޭނުން ކުރާ ކަމަށް ވަނީ ބުނެފައެވެ.

އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ދެކުނުގައި ހުންނަ ރަފަޙް ބޯޑަރު ހުރަސްކޮށް ވައްދައިފައިވަނީ 569 އެހީގެ ޓްރަކް ކަމަށެވެ. ނަމަވެސް އެ އެހީގެ ތަކެތީގެ އެއްވެސް މިންވަރެއް ޣައްޒާގެ އުތުރަށް ލިބިފައި ނުވާ ކަމަށެވެ.

އޮކްޓޫބަރު 7 ގައި ފެށުނު ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް 750 އާއި 850 ދެމެދުގެ ޢަދަދަކަށް އެހީގެ ޓްރަކް ޣައްޒާއަށް ވައްދާ ކަަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

މިއަދު ޣައްޒާ އަށް ރަފަޙް ބޯޑަރުން ވަނީ އެހީގެ ތަކެތީގެ 93 ޓްރަކެއް ވަނީ ވައްދައިފައިވެއެވެ. އެ ޓްރަކް ތަކުގައި ވައްދައިފައިވަނީ ކާނާ އާއި ފެން، އަންނައުނާއި ރަޖާ، ބޭސް އަދި މެޑިކަލް ސާމާނު ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަދިވެސް ރަފަޙް ހުރަސްކޮށް ތެޔޮ ވެއްދުން ވަނީ މަނާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.