ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން-- ފޮޓޯ/ވޮއިސް
ހަބަރު
07 Nov 2023 | 19:56
ޕޮއިންޓު ދިންގޮތް ގޯސްކަމަށް ބުނެ އަޑު ގަދަކުރީ ވަކި ބަޔަކު؛ އެކަންކުރީ، މި ސަރުކާރުގެ އަގުވައްޓަން: އަކްރަމް

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފުލެޓް ލިބޭ މީހުން ހޮވުމުގައި ޕޮއިންޓް ދީފައިވާ ގޮތާއިމެދު ނުރުހުން ފާޅުކޮށް އަޑުގަދަ ކޮށްފައިވަނީ 'ވަކި ބަޔަކު' ކަމަށް ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ. 

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓު މިދިޔަ ހޮނިހިރު ދުވަހު އާއްމު ކޮށްފައިވާއިރު، އެ ލިސްޓާއިމެދު ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. 

އެގޮތުން، މި އާދިއްތަ ދުވަހުގެ ވަގުތެއްގައި ގިނަ އަދަދެއްގެ އާއްމުން ވަނީ ހައުސިންގް މިނިސްޓްރީއަށް ވަދެ، ނުރުހުން ފާޅުކޮށް އަޑުގަދަ ކޮށްފައެވެ. 

ފުލެޓް ދިން ގޮތާއި މެދު ނުރުހުން ފާޅުކޮށް ހައުސިންގް މިނިސްޓްރީގައި އާއްމުން އަޑުގަދަ ކުރަނީ-- ފޮޓޯ/ވޮއިސް

އެކަމާއި ގުޅިގެން، އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ތަރުޖަމާނު ވަނީ،  އުސޫލުން، ނާއިންސާފުން، ޝަރުތު ހަމަނުވާ ފަރާތްތަކަކަށްއެ ފުލެޓް ދެވިފައިހުރި ކަމަށް ވާނަމަ އެކަމާމެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ. 

އިންތިގާލީ ތަރުޖަމާނުގެ އެވާހަކައަށް އިޝާރާތް ކޮށް، މިއަދު ޕްލޭނިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވަނީ އައު ސަރުކާރުން ފިޔަވަޅު އަޅަންޖެހޭ ފަދަ އެއްވެސް ކަމެއް ފުލެޓް ދިނުމުގައި ހިނގާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އާރިފް ގެ ވާހަކަތަކަށް ބާރުދެއްވަމުން އަކްރަމް ވިދާޅުވީ، ފުލެޓް ދިނުމުގައި އެއްވެސް އިހުމާލެއް ވެފައި ނޯންނާނެ ކަމަށާ، ފުލެޓް މައްސަލާގައި ހައުސިންގް މިނިސްޓަރީއަށް ވަދެ އަޑު ގަދަ ކުރީވެސް ވަކި ބަޔަކު ކަމަށެވެ. 

އަޅުގަނޑުމެން އެއްވެސް އިހުމާލެއް ކޮށްގެންނެއް ނޫން މިއުޅެނީކީ. އަނެއްކާ ރައްޔިތުން ކެކި އަރަނީކީއެއްވެސް ނޫން އެނގޭތޯ. މީގައި ވަކި ބަޔަކު އައިސް އަޑުގަދަކޮށް މި ހަދަނީ. އެތަނުގައި މާ ގިނަ އާއްމު ރައްޔިތުންނެއް ނެތް. ސޯޝަލް މީޑިއާގައި ވެސް އެވާހަކަ ދައްކަނީ ވަކި ބަޔަކު. އިންޑިޔާ އައުޓް ކަހަލަ ކަމެއްމީ އެނގޭތޯ؟ ވަކި ބަޔަކު އެކަން މި ކުރަނީ މި ސަރުކާރުގެ އަގު ވައްޓާލާ، މިކަން ކުރަމުންދާ ގޮތް އެއީ ރަނގަޅު ނޫން ގޮތަކަށް ކަން ދައްކަން ވެގެން ކުރާ ކަމެއް. 

ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން 

އަކްރަމް ވިދާޅުވީ އެ މައްސަލާގައި ކަންކަން ހިނގާފައިވަނީ ރަނގަޅަށް ކަން އޭސީސީއަށްވެސް އެނގޭނެ ކަމަށެވެ. އަދި ފުލެޓް ދިނުމުގައި ގޯހެއް ހިނގާފައި ނުވާނެ ކަން އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.