ޣައްޒާގެ ކުޑަ ކުދިން ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ
ދުނިޔެ
08 Nov 2023 | 10:43
ޣައްޒާގެ ކުޑަކުދިންގެ ނޫސްވެރިންގެ ބައްދަލުވުން: "އަހަރެމެންވެސް ދިރިއުޅެން ބޭނުންވޭ"

ފަލަސްޠީނުގެ ޣައްޒާގެ ކުޑަކުދިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ދުނިޔެއަށް އެކުދިންގެ ޙާލަތު ކިޔައިދީފިއެވެ.

ޣައްޒާގެ ކުޑަކުދިންގެ ތެރެއިން މިވަގުތު އަލް ޝިފާ ހޮސްޕިޓަލުގައި ބޯހިޔާވަހިކަން ހޯދަމުން އަންނަ ކުދިންތަކެއް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފައިވަނީ އެ ހޮސްޕިޓަލުގެ ގޯތިތެރޭގައެވެ.

އަލް ޝިފާ ހޮސްޕިޓަލަކީ ޣައްޒާގެ އެންމެ ބޮޑު ހޮޮސްޕިޓަލެވެ. ގިނަ ޢަދަދެއްގެ ބަޔަކު އަންނަނީ އެތަނުގައި ބޯހިޔާވަހިކަން ހޯދަމުންނެވެ.

ޣައްޒާގެ ކުޑަކުދިންގެ މި ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފައިވަނީ ބައިނަލް އަޤްވާމީ ދުނިޔެއަށް އެކުދިން މިވަގުތު ތަހައްމަލް ކުރަމުން އަންނަ ކަންކަން ހާމަކޮށްދިނުމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެއްކި ކުއްޖާ ބުނެފައިވަނީ 7 އޮކްޓޫބަރުން ފެށިގެން އިޒްރާއިލުން ދަނީ އެކުދިންގެ ބޮލަށް ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ބޮން އަޅަމުން ކަމަށެވެ. އިޒްރޭލުން ބޮން އަޅަމުން ދަނީ ހަނގުރާމަވެރިންނަށް ކަމަށްބުނެ އެމީހުން ވަނީ ދުނިޔެއަށް ދޮގު ހަދައިފައި ކަމަށްވެސް އެ ކުއްޖާ ބުނެފައިިވެއެވެ. އަދި އެހެން ބުނި ނަމަވެސް އިޒްރާއިލުން ޝަހީދުކުރަމުންދަނީ ޣައްޒާގެ ކުށެއް ނެތް ކުޑަކުދިންނާއި އެކުދިން ކުރިމަގަށް ދެކެމުން ދިޔަ މައުސޫމް ހުވަފެންތައް ކަމަށް އެކުއްޖާ ބުނެފައިވެއެެވެ.

“އަހަރެމެން އަތުގައި ކާނެ އެއްޗެއް ބޯނެ ފެނެއް ނެތް، އަހަރެމެން އަތުގައި ކާނެ ރޮށްޓެއް ނެތް، އަހަރެމެން ބޯން ބޭނުން ކުރަމުން މިދަނީ ނުސާފު ފެން” އެކުއްޖާ ބުނެފައިވެއެވެ.

އެ ކުއްޖާ އިތުރަށް ބުނެފައިވަނީ އެމީހުން ގެ ދޫކޮށް އަލް ޝިފާއަށް ދިޔައީ ބޮން އަޅާތީ ރައްކާތެރިކަން ހޯދުމަށް ކަމަށެވެ. ނަމަވެސް މިހާރު އެތަނަށް ބޮން އަޅައި އެތަނުންވެސް އެތައް ބަޔަކު ޝަހީދު ކޮށްލައިފިކަމަށެވެ.

“އަހަރެމެންނަކީ ކުޑަކުދިން، އަހަރެމެން މިއަދު މި ގޮވާލާނީ އަަހަރެމެން ހިމާޔަތް ކޮށްދިނުމަށް، އަހަރެމެން މަރަމުން ދިޔުމާއި ދެކޮޅަށް ތެދުވުމަށް، އަހަރެމެންވެސް ދިރިއުޅެން ބޭނުންވޭ، އަހަރެމެން ބޭނުންވަނީ ސަލާމަތްތެރިކަން، އަހަރެމެން ބޭނުންވަނީ އަހަރެމެންގެ މަރުގެ މައްސަލަތަކަށް އިންސާފު، އަހަރެމެން ބޭނުންވަނީ ކިޔަވަން، އަަހަރެމެން ބޭނުންވަނީ ދިރިއުޅެން” 

ޣައްޒާގެ ކުޑަކުދިން

ހަމަލާއެއްގައި އަނިޔާވި ތުއްތު ދެކުއްޖަކަށް ޑޮކްޓަރުން ފަރުވާ ދެނީ. ފޮޓޯ: ޤުދްސް ނެޓްވޯކް

އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރާއިލްގެ ޔަހޫދީން ފެށި ޤަތުލު ޢާންމު ތަކުގައި މިހާތަނަށް ޣައްޒާގެ 4100 އަށް ވުރެ ގިނަ ކުދިން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 1500 އާއި ގާތް ކުރާ ޢަދަދަކަށް ކުޑަކުދިން ވެއްޓިފައިވާ ޢިމާރާތް ތަކުގެ ދަށުގައި ތާށިވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.