ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް
ހަބަރު
08 Nov 2023 | 13:37
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބާކީ އެއްދުވަސް! ޕޯޓަލް ޑައުން ވެއްޖެ!

ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ 4،000 ފްލެޓަށް ޕޮއިންޓް ދިން ގޮތާއި މެދު ހުރި ޝަކުވާ ހުށަހެޅުމަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް ގެދުރޮވެރިޔާ ޕޯޓަލް ޑައުން ވެއްޖެއެވެ. 

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ނެރުނު ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި މައްސަލަ ބޮޑުވެ އެ ލިސްޓަށް ވެސް ޝަކުވާ އަށް ހުޅުވާލި އިރު އެއްވެސް މީހަކަށް ޕޮއިންޓް ދިން ގޮތުގެ ތަފްސީލެއް އެ މިނިސްޓްރީ އިން ހާމަކޮށްފައެވެ. 

އެހެންކަމުން ފްލެޓް ލިބޭ މީހުންނަށް ޕޮއިންޓް ލިބުނު ގޮތުގެ ލިސްޓް އާންމުކުރުމަށްފަހު، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ނުދީ ފްލެޓު އެގްރިމެންޓުގައި ސޮއި ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ޕްލޭނިންގް މިނިސްޓްރީއަށް އަންގައިފައެވެ. 

އެއާއެކު މިއަދު ޕޮއިންޓް ދީފައި ހުރި ގޮތުގެ މައުލޫމާތު އާންމު ކުރުމާއެކު ގިނަ ބަޔަކު ޕޯޓަލް އަށް ވަނުމުން ގެދޮރުވެރިޔާ ޕޯޓަލް މިހާރު ވަނީ ޑައުންވެފައެވެ. އަދި ބައެއް ފަހަރު ވެބްސައިޓަށް ވަދެވުން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ޑައުންވެއެވެ. ޕޯޓަލް އަށް ވަދެވޭ ބައެއް ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ތަފްސީލް ހިމަނާފައިވާ ޕޭޖެއް ނުފެނެއެވެ.

ފްލެޓަށް ޕޮއިންޓް ލިބުނުގޮތުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާއަށް ހަމަވާއިރު، ޢާންމުކުރި ލިސްޓް 20،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އެ މީހުންނަށް ވެސް ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލްތައް އަޅާފައި ވަނީ ޕޯޓަލް އަށެވެ.

ކޮމެންޓް
ކެޔޮޅުބެ
ތީ ވަކިމީހަކު ހަވާލު ވެގެން ބަހަން ހުރި އެއްޗެއް ތަ؟ އެމް ޑީ ޕީ އައް އެކަން ކުރުމުގެ ފުރުސަތު ނެތީތަ؟ ތީ ސިޔާސީގޮތުން ސަރުކާރައް ކުރިމަތި ކުރުވާކަމެއް ދޯ؟
08 Nov 2023
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.