އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް-- ފޮޓޯ/އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ހަބަރު
08 Nov 2023 | 15:44
ޕީއެސްއައިޕީ މަޝްރޫޢުތަކުގެ މުއްދަތު އިތުރު ކުރުމުގެ ބާރު އިކޮނޮމިކް ކައުންސިލަށް ލިބިގެންނުވޭ: ފިރުޒުލް

ދައުލަތުން ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫޢު ތަކުގެ މުއްދަތު އިތުރު ކުރުމަކީ އިކޮނަމިކް ކައުންސިލުގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމަށާ، އެ ކައުންސިލަށް އެ ބާރު ލިބިފައި ނުވާ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުން ބުނެފިއެވެ. 

ދައުލަތުން ކުރިއަށް ގެންދާ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ކޮވިޑް 19ގެ ޙާލަތާއި ގުޅިގެންދިމާވި އެކިއެކި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 2020 ވަނަ އަހަރު ކޮވިޑްގެ ޙާލަތު އިޢުލާނުކުރެވުނު ފަހުން، އަދި 30 މޭ 2023ގެ ކުރިން ސޮއިކޮށްފައިވާ މަސްރޫޢުތަކުގެ ތެރެއިން މިހާރުވެސް ކުރިއަށްދާ މަސްރޫއުތަކުގެ މުއްދަތު 6 މަސްދުވަހާއި ހަމައަށް މުއްދަތު އިތުރުކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް އިއްޔެ ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސާކިޔުލާއެއްގައި ވަނީ ބުނެފައެވެ.

އަދި މުއްދަތު އިތުރުކުރުމަށް ނިންމާފައިވާނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކަމަށްވެސް އެ ސާކިޔުލާގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މިއަދު އިންޚާބީ އޮފީސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ، ޕީއެސްއައިޕީ މަޝްރޫޢުތަކުގެ މުއްދަތު އިތުރު ކުރަން އިކޮނަމިކް ކައުންސިލުން ނިންމި ކަމަށް ފިނޭން މިނިސްޓްރީން ބުނެފައިވާއިރު، އެ ނިންމުން ނިންމުމުގެ ބާރު އެކަައުންސިލަށް ލިބިގެންވާ ނުވާ ކަމަށެވެ.

"25 އޭޕްރީލް 2019 ގައި އާންމުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފައިވާ އިކޮނޮމިކް ކައުންސިލްގެ މެންޑޭޓް ވާއިރު މި ދެންނެވި ބާރަކީ އެ ކައުންސިލްގެ މެންޑޭޓްގެ ތެރެއިން ހިމެނޭ ކަމެއް ނޫން." ފިރުޒުލް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ފިރުޒުލް ވިދާޅުވީ، މާލިއްޔަތު ގާނޫނާއި ގަވާއިދުތައް ހުރި ގޮތުން އެފަދަ ނިންމުމެއް ނިންމުމުގެ ބާރަކީ ފިނޭންސް މިނިސްޓްރީއަށް ވެސް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.