ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް
ހަބަރު
08 Nov 2023 | 14:45
މަގުމައްޗަކީ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި ތަނަކަށް ވާން ޖެހޭ: ޑެޕިއުޓީ ސީޕީ

މަގުމަތި ފެންނަންވާނީ ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މިގޮތަށް ވިދާޅުވީ އިއްޒުއްދީން ސްކޫލުގައި ރޭ ކުރިއަށް ދިޔަ 66 ވަނަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅާ ވިދާޅުވީ ސަރުކާރުގެ އިދާރާތަކާއި ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ޕްރޮގްރާމެއް ހިންގުން އެއީ މީގެ 10 އަހަރު ކުރިން ހިޔާލަށް ގެންނަން ވެސް ދަތިވި ކަމެއް ކަމަށެވެ. އަދި މަގުމަތި އެންމެންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުން ނަތީޖާ ހާސިލުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން  ކުރިއަށް ގެންދަން ފެށި  ޓްރެފިކް މޮނީޓާސްގެ 66 ވަނަ ޕްރޮގްރާމު ނިމިގެންދާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީނުވެފައިވާ ކަމަށް ވިދާޅުވިއެވެ.

އެތަނެއްގައި ގާނޫނު ތަންފީޒުވެފައި އޮންނަވަރު ދައްކުވައިދޭ އެއްޗަކީ މަގުމަތީގައި ޓްރެފިކް ބެލެހެއްޓޭ މިންވަރުކަމަށް ތަޖުރިބާކާރުން ބުނާކަމަށާއި މަގުމަތި ރައްކާތެރިކޮށް، އަމާން ތަނެއްގެ ގޮތުގައި ބޭއްވުން އެއީ ރާއްޖޭގެ ގާނޫނަށް ބޯލަނބާ ރައްޔިތަކު އުޅޭ ތަނެއްގެ ގޮތުގައި ވަޒަންކުރާ މިންގަނޑަށް އަންނާނެ ކަމެއްކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވިއެވެ. އަދި 2019 ވަނަ އަހަރު ހެދި ސްޓްރެޓީޖިކް ޕްލޭންގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ޕްރިއޯރިޓީއަކީ ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުން ކަމަށާއި، އޭގެދަށުން، ސްކޫލުތަކާއި އެކުގައި މަގުތައް އަދި މުޖުތަމައުގެ އެހެން ބައިވެރިންނާ އެކުގައި ކަނޑުތަކަކީ ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ މަގުތައް ރައްކާތެރިކުރުމަށް ދަރިވަރުން ކުރާ މަސައްކަތްތަކުގައި ސާބިތުވެ ތިބުމަށާއި ތައުލީމީ ދައުރު ނިމި އަމަލީ މައިދާނަށް ނުކުންނައިރު ވެސް އެކަންކަން ހަނދާނުގައި ބެހެއްޓުމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ދަރިވަރުންނަށް ނަސޭހަތްތެރިވެލެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.