ހަމަލާއެއްގެ ސަބަބުން ވެއްޓުނު ޢިމާރާތެއްގެ ދަށުން ނެރުނު ކުއްޖަކު ހޮސްޕިޓަލަށް ގެންދަނީ. ފޮޓޯ: ޣައްޒާގެ ނޫސްވެރިޔެއް
ދުނިޔެ
08 Nov 2023 | 15:03
ފާއިތުވި 24 ގަޑިއިރުތެރޭގައި ޣައްޒާގެ ދެ ހޮސްޕިޓަލަކަށާއި ދެ ރެފިޔުޖީ ކޭމްޕަކަށް ހަމަލާދީފައިވޭ

ފާއިތުވި 24 ގަޑިއިރުތެރޭގައި ޣައްޒާގެ ދެ ހޮސްޕިޓަލަކަށާއި ދެ ރެފިޔުޖީ ކޭމްޕަކަށް ހަމަލާދީފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުތެރޭގައި ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލާއި އިންދޮނީސީ ހޮސްޕިޓަލްގެ ގޯތިތެރެއަށް އިޒްރާއިލުން ހަމަލާދީފައިވާ ކަމަށެވެ.

މީގެ އިތުރުން ޖަބަލިއްޔާ ރެފިޔުޖީ ކޭމްޕަށާއި، ނުސެއިރަތް ރެފިޔުޖީ ކޭމްޕަށާއި ޚާން ޔޫނިސް އަށް ހަމަލާދީފައިވާ ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަލް އަޤްޞާ މާޗީސް ހޮސްޕިޓަލްގެ ޖެނެރަލް މެނޭޖަރ އިޔާދް އަބޫ ޒާހިރް އަލްޖަޒީރާ އަށް ބުނެފައިވަނީ އެހޮސްޕިޓަލަށް މެޑިކަލް ސަޕްލައިސް، ފެން، ތެޔޮ އަދި ބަލިމީހުންނަށާއި އެހޮސްޕިޓަލުގައި ވަގުތީ ހިޔާވަހިކަން ހޯދަމުންދާ މީހުންނަށް ބޭނުންވާ ކާބޯތަކެތި ބޭނުން ވެފައިވާ ކަމަށެވެ.

މީގެ އިތުރުން އިޔާދް އަލް ޖަޒީރާ އަށް ވިދާޅުވެފައިވަނީ އެހޮސްޕިޓަލްގައި މިހާރު ހުރި ތެޔޮ ބޭނުން ކުރަމުންދަނީ ކޮންމެހެން އެންމެ ޙާލުދެރަ، މެޝިނު ތަކުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ޕޭޝަންޓުންނަށް އިސްކަން ދީގެން ކަމަށެވެ.

މީގެ އިތުރުން އެހޮސްޕިޓަލްގެ ކެޕޭސިޓީ އަށް ވުރެ ގިނަ ޕޭޝަންޓުން ސާޖަރީއަށް ބޭނުން ޖެހިފައިވާ ކަމަށެވެ.

ހަނގުރާމައަށް 33 ދުވަސް ވެފައިވާ އިރު ޝަހީދުންގެ ޢަދަދު 10،328 އަށް ވަނީ އަރައިފައެވެ. ޒަޚަމްވެފައިވާ މީހުންގެ ޢަދަދު 26،000 އާއި ވަނީ ގާތްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.