މިދިޔަ އަހަރުގެ ފޮތް މައުރަޒުގެ ތެރެއިން
ހަބަރު
08 Nov 2023 | 14:55
އައިޔޫއެމް އިޤްރައު ހައިބްރިޑް ފޮތް މައުރަޒު މާދަމާ ފެށެނީ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އައިޔޫއެމް ހައިބްރިޑް ފޮތް މައުޒަރު 2023 މާދަމާ ފެށުމަށް ތައްޔާރު ވެއްޖެއެވެ. 

މާދަމާއިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް، ތަފާތު އެކި އުމުރުތަކާއި ގުޅޭ ގިނަ ހަރަކާތްތަކަކާއެކު ކުރިއަށް ގެންދިއުމަށް ހަމަަޖެހިފައިވާ މި މައުރަޒު ކޮންމެ ދުވަހެއްގެވެސް ހެނދުނު 8ން ރޭގަނޑު 12 އާއި ދެމެދު ހުޅުވިފައި ހުންނާނެ ކަމަށް މި މައުރަޒު ރާވާ ހިންގާ އައިޔޫއެމް ގެ ލައިބްރަރީން މައުލޫމާތު ދެއެވެ. 

މި އަހަރުގެ ފޮރް މައުރަޒުގެ ޕޯސްޓަރެއް 

އޮންލައިކޮށް ފޮތް ގަތުމާއި އަދި މައުރަޒުތެރެއިންވެސް ތަފާތު ކުޅަދާނަ އެކި މުސައްނިފުންގެ ފޮތްތަކާއި އެކި ބުކްޝޮފްތަކުގެ ފޮތް މޭޒުތައްވެސް ހިމެނޭހެން ކުރިއަށް ގެންދާ މި ފޮތް މައުރަޒުގެ ތެރެއިން އޮންލައިންކޮށް އަދި ވަގުތުންވެސް ތަފާތު އެކު ހަރަކާތްތައް ކުރިއަށްދާނެ ކަމުގައި އެފަރާތުން މައުލޫމާތު ދެއެވެ. 

މީގެ އިތުރުން މި މައުރަޒު ކުރިއަށްދަ ދުވަސްތަކުގައި ކުޑަކުދިންނަށް ޚާއްސަ ކުރެވިގެން އެކުދިންގެ އުމުރުފުރާތަކާއި ގުޅޭގޮތަށް ކުޅިވަރާއި ކިޔެވުމުގެ އިތުރުން ހުނަރުދައްކާލުމާއި ގުޅުން ހުރި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެތެރެއިން ހީނާ އެޅުމުގެ ހަރަކާތްތަކާއި ބުކް މާކް ފަރުމާކުރުމުގެ މުބާރާތްފަދަ ހަރަކާތްތައް ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުންވެސް މި މައުރަޒުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޢިލްމީ މުނާޤަޝާ އާއި ފޮތުގެ މުސައްނިފު ހަރަކާތުގެ ފޮތް ހަދިޔާ ކުރުމުގެ ހަރަކާތްތައް ފާހަގަކޮށްލެވެއެވެ. 

ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުސައްނިފުން އެކި ދާއިރާ ތަކުން ލިޔެފައިވަ ފޮތްތައް އެއް ފުރާޅެއްގެ ދަށުން ހެޔޮ އަގުގައި ބައްލަވައިގަތުމަށް އައިޔޫއެމް ހައިބްރިޑް ފޮތް މައުޒަރު 2023 ޚިޔާރު ކުރުމަކީ މި ހަރަކާތް ރާވާ ހިންގާ ފަރާތުގެ އެދުމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.