ހަމަލާއެއްގައި އަނިޔާވި ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް މެޑިކަލް އޮފިސަރަކު މަސައްކަތް ކުރަނީ. ފޮޓޯ: ސައުންޑް އޮފް ޣައްޒާ
ދުނިޔެ
08 Nov 2023 | 20:47
ހަނގުރާމައިގައި ޝަހީދުވި ސިއްޚީ މަސައްކަތް ތެރިންގެ އަދަދު 193 އަށް

އިޒްރާއިލް ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން 193 ސިއްޚީ މަސައްކަތް ތެރިއަކު ޝަހީދުވެއްޖެއެވެ.

އަލްޖަޒީރާގައި ފަލަސްޠީނުގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ޑރ އަޝްރަފް އަލް ޤުދްރާ އަށް ހަވާލާދީ ބުނެފައިވަނީ އިޒްރާއިލްގެ ހަމަލާތަކުގައި 193 ސިއްޚީ މަސައްކަތް ތެރިއަކު ޝަހީދުވެފައިވާ ކަމަށާއި، 45 އެމްބިޔުލާންސްއެއް ޚިދްމަތް ނުދެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ.

ޑރ އަޝްރަފް ވިދާޅުވެފައިވަނީ މިހާތަނަށް 10،569 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. އަދި ޝަހީދުންގެ ތެރެއިން 4324 ޝަހީދުންނަކީ ކުޑަކުދިން ކަމަށާއި، 2823 ޝަހީދުންނަކީ އަންހެނުން ކަމަށެވެ. އަދި ޝަހީދުންގެ ތެރެއިން 649 މީހުންނަކީ ދޮށީ ޢުމުރުގެ މީހުން ކަމަށެވެ.

ޑރ އަޝްރަފާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ 26،475 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ. މީގެއިތުރުން ފާއިތުވި 24 ގަޑިއިރުތެރޭގައި 214 މީހަކު ވަނީ ޝަހީދުވެފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޑރ އަޝްރަފްވަނީ ސިއްޚީ ޚިދްމަތަށް ބޭނުންވާ ސާމާނާއި، ސިއްޚީ އެހީތެރިންނާއި ތެޔޮ ޣައްޒާއަށް ވެއްދުމަށާއި، ޒަޚަމްވެފައިވާ މީހުން އިތުރު ފަރުވާ އަށް ޣައްޒާއިން ބޭރަށް ގެންދެވޭނެ ރައްކާތެރި ދޮރެއް ހުޅުވައިދިނުމަށް ދުނިޔެއަށް ގޮވައިލައްވައިފައެވެ.

އަދި އިޒްރާއިލްގެ ހަމަލާތަކާއި ހަމަލާދޭނެ ކަމުގެ އިންޒާރުތައް ހުއްޓުވުމަށް ރެޑް ކްރޮސެންޓުގެ މީހުންނާއި އދ ގެ މީހުން ހޮސްޕިޓަލް ތަކުގައި ތިބުމަށް ވަނީ ގޮވައިލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.