މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ--
ހަބަރު
08 Nov 2023 | 20:49
މިފްކޯގެ އެމްޑީ ވިދާޅުވި ވާހަކަ މިފްކޯއިން ބަޔާން ނެރެ ދޮގު ކޮށްފި!

މިފްކޯއަށް ގަންނަމުންދާ މަހުގެ އަގު ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިސްމާއިލް ފައުޒީ ދެއްކެވި ވާހަކަތައް ދޮގުކޮށް އެ ކުންފުނިން ބަޔާންނެެރެފިއެވެ. 

މަހަށް ހަމަ އަގު ހޯދައިދެއްވާނެ ކަމަށް ވިދާޅުވެ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، އެކަން ނުކުރެވި ދައުރު ނިމިދާން ކައިވެެފައި ވަނިކޮށް މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ވަނީ މަހުގެ އަގު -/25 އަށް ބޮޑުކޮށްދެއްވާފައެވެ. 

އެހެން ނަމަވެސް، އެކަމާއި ގުޅިގެން ވާހަކަދައްކަވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވަނީ، މާކެޓުގެ އަގު ހުރި ގޮތުން މި ވަގުތު މަހުގެ އަގު ހުންނަން ޖެހޭނީ 20ރ. އަށް ވުރެ ވެސް ދަށްކޮށް ކަމަށް ވިދާޅުވެފައެވެ. އެހެން ނޫން ނަމަ އެކުންފުނީގެ ހަރަދުތައް ހަމަޖައްސަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން މަހުގެ އަގު ރިވިއު ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވެފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. 

"ހަރަދުތައް ހަމަޖައްސަން ވަރަށް އުނދަގޫވެފައި މި އޮތީ. ބިލްތައް ޕެންޑިންގައި ގިނައީ ވެސް އަގަށް ގެނައި ބަދަލުގެ ސަބަބުން. މާކެޓު ރޭޓަށް ބަލާއިރު 20ރ. އަށް ވުރެ ދަށްކޮށް އަގު ބަހައްޓައިގެން ކުރިއަށް ދެވޭނީ. މިފްކޯގެ އޮޕަރޭޝަން ވަރަށް ބޮޑުކޮށް މިދަނީ،" ފައުޒީ ވިދާޅުވި އެވެ.

ފައުޒީގެ އެވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަދުގެ ސަރުކާރަށާއި މިފްކޯއަށް އަމާޒުވެގެން ދިޔުމާއި ގުޅިގެން މިއަދު މިފްކޯއިން ނެރުނު ބަޔާނެއްގައި ވަނީ މަހުގެ އަގު ރިވިއު ކުރަން ސީދާ މަޝްވަރާތައް ކުރިއަށް ނުގެންދާ ކަމަށް ބުނެފައެވެ.

އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ ޔޫރަޕްގެ މާކެޓަށް ވިއްކާ މަހުން ނަގާ 22 ޕަސެންޓް ޑިއުޓީ ކަނޑާލަން ސަރުކާރާއި ޔޫރަޕިއަން ޔޫނިއަން އާއެކު ކުރެވުނު ގިނަ މަޝްވަރާތައް ޕޮޒިޓިވްކޮށް ކުރިޔަށް ގެންދެވިފައިވާތީ މިދިޔަ ސެޕްޓެމްބަރުމަހުގައި މަސްކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑު ކުރެވިފައިވާކަމަށެވެ.

އެގޮތުން މަހުގެ އަގު ބޮޑުކުރި ދުވަހުން ފެށިގެން މިފްކޯއިން އަންނަނީ މަސްވެރިން އަތުން ސަރުކާރުން ނިންމެވި އަގުކަމަށްވާ ކިލޯއެއް 25 ރުފިޔާއަށް ގަންނަމުންކަމުގައިވެސް މިފްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިއަގަށް އެއްވެސް ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް އެކުންފުނިން ނުގެންގުޅޭކަމަށްވެސް މިފްކޯއިން ހާމަކޮށްފައި ވެއެވެ.

މިފްކޯއިން ބުނެފައިވަނީ، މަހުގެ އަގު ރިވިއު ކުުރުމަށް ފިނޭންސް މިނިސްޓްރީއާއި ސަރުކާރުގެ އިދާރާތަކާއެކު މިފްކޯއިން ސީދާ މަޝްވަރާ ކުރަމުން ނުގެންދާ ކަމުގައެވެ. ހަމައެއާއެކު މަސްކިރާ، އަގު ނުދެވި ހުރި ހުރިހާ ފައިސާއެއް މަސްވެރިންނަށް ދައްކާ ޚަލާސްކުރަން ކުރަންޖެހޭ މަސައްކަތްވެސް އެކުންފުނިން ކުރަމުންދާކަމަށްވެސް ބުނެފައި ވެއެވެ. އަދި މަސްވެރިން އަތުން ގަނެފައިވާ މަހަށް މިފްކޯއިން ބަރާބަރަށް ފައިސާ ދައްކަމުންދާނެކަމުގެ ޔަގީންކަންވެސް އެކުންފުނިން މަސްވެރިންނަށް ދީފައި ވެއެވެ.

ކޮމެންޓް
އާދަމް
މީގަ މިކިޔަނީ ކައިގެންނޭ ފުރާނީ، ނުކައެއްނުފުރާނަމެވެ. ދައްކާ ވާހަކައެއް ޕޮޒިޓިވް ވުމަކީ ކަމެ ހަމަޖެހުމެއްނޫން ތީގައި ހެޔޮބަހަކީ އަހަރެން ގަބޫލު ކުރާގޮތުގައި އެމްޑީގެބަސް
10 Nov 2023
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.