ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު
ހަބަރު
08 Nov 2023 | 21:00
އެމްޑީޕީގެ ލީޑަރުންނަށް ބޭރު ގައުމުތަކަށް ނޭރޭ ވަރު ކުރާނަން: ރައީސް ނަޝީދު

ދިވެހި ރާއްޖޭގެ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަރުންނަށް ބޭރު ގައުމުތަކަށް ނޭރޭވަރު ކުރާނެ ކަމަށް އެ ޕާޓީ އުފެއްދެއްވުމުގައި ގިނަ މަސައްކަތްތައް ކުރައްވައި ޕާޓީގެ ރައީސްކަން ކުރެއްވި  ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން އިންޒާރު ދެއްވީ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

އެގޮތުން އެމްޑީޕީގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށް އިންޓަ ޕާލިމެންޓްރީ ޔޫނިއަންގެ ކޮމިޓީ އޮން ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސްގެ ރައީސްގެ މަގާމު ލިބިވަޑައިގަތުމާ ގުޅިގެން، އެޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އޭނާއަށް މަރުހަބާ ވިދާޅުވުމާއި ގުޅިގެން އެއަށް ރައްދު ދެއްވައި ނަޝީދު ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ އެމަގާމުން ޖީހާން ވަކިކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

"އަސްލަމް ތިޔަ ހުރިހާ ތަނަކުން އެމްޑީޕީ މީހުން ވަކިކުރާނަން. އަދި ބޭރު ގައުމުތަކަށް ނޭރޭ ވަރު ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.

އެގްރޫޕަށް އެ މަނިކުފާނު ފޮނުއްވި މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ އެމްޑީޕީ ރިޔާސީ އިންތިޚާބުން ބަލިވުމަކީ އެ ޕާޓީން މުސްތަގުބަލުގައި ކުރިމަތިލާން ޖެހޭނެ ކަންތައްތަކުގެ ކުޑަ މިންވަރެއް ކަމަށެވެ.

އެމްޑީޕީގެ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ޖީހާންއަށް މަރުހަބާ ވިދާޅުވަމުން ކުރެއްވި ޓްވީޓެއްގައި ނަޝީދުގެ މެސެޖުތަކުގެ ސްކްރީންޝޮޓެއް އެކްސްގައި ހިއްސާކުރެއްވިއެވެ.

މަޖިލީހުގެ އެންމެ ހަތަރު އަންހެން މެންބަރު ތިއްބެވިއިރު މިއީ އެ މެންބަަރުންނަށް ލިބުނު ޝަރަފެއް ކަމަށާއި ނަމަވެސް މި މުނާސަބަތުގައި ވެސް، މަޖިލީހުގެ އިތުބާރު ގެއްލިފައިވާ ރައީސް ނަޝީދު ނިންމެވީ ޖީހާނަށް އިންޒާރު ދިނުމަށް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ކޮމެންޓް
އޯ ހަސީނާ
ކަލޭގެ ބަސް އަހާނެ ހަމަ އެކަކު ނެތޭ ދުނިޔޭގައިވެސް މި ރާއްޖާގައިވެސް އަންނި އެޕިސޯޑް ނިމެނީ ދެން ނުލިބޭނެ މަޖްލިސް ގޮނޑިގަޑެއްވެސް. ފެއިލްވީ ބާކީވީ ބޮނޑުބުޑަށް ސައިވަނީ.
08 Nov 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.