ހުޅަނގު އައްސޭރީގައި އިޒްރާއިލް ސިފައުން ފަލަސްޓީނުގެ ޒުވާނަކު ހައްޔަރުކުރަނީ. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
09 Nov 2023 | 13:08
ހުޅަނގު އައްސޭރީ ގައި ވެސް ޖަރީމާތައް ހުއްޓުމެއް ނެތި ކުރިއަށް

ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަޠުލް ޢާންމު ތަކާއި އެކު ފަލަސްޠީނުގެ ހުޅަނގުއައްސޭރީގައިވެސް އިޒްރާއިލުން ހިންގަމުން އަންނަ ޖަރީމާތަކުގެ ގިނަ ބަޔަކު ޒަޚަމް ކޮށްލައިފި އެވެ. 

ބޭރުގެ މީޑިއާ ތަކުން ބުނެފައިވާ ގޮތުގައި ރޭ ވެސް އިޒްރާއިލްގެ ޔަހޫދިން ވަނީ ހުޅަނގުއައްސޭރީގެ ބައިތް ލަޙްމަށް ވަދެ އެތަނުގެ އާންމު ރައްޔިތެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލައިފައެވެ.

މިއަދުވެސް ރާމައްﷲ ގެ އަމާރީ ކޭމްޕަށް އިޒްރާއިލް ސިފައިން ވަނީ މިލިޓަރީ ރެއިޑް ޖެއްސުމުގެ ނަމުގައި ވަދެގަނެފައެވެ. އަލްޖަޒީރަގައި ބުނެފައިވަނީ މި ރެއިޑްގައި އެތައް ބަޔަކު ޒަޚަމްވެ ގިނަ ބަޔަކު ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށެވެ.

ޣައްޒާއަށް ވައިގެެން މަގުން ދެމުންދާ ގެއްލުން ދެނިވި ހަމަލާ ތަކާއި އެކު ހުޅަނގު އައްސޭރިއަށް ވަރުގަދަ ހަތިޔާރު ތަކާއި އެކު އަރައި ހުޅަނގު އައްސޭރިއަށް ވެސް ދަނީ ބޮޑެތި ގެއްލުން ތައް ދެމުންނެވެ.

މީގެ އިތުރުން ހުޅަނގު އައްސޭރިއަށް އަރައި އެތަނުން ފަލަސްޠީނުގެ ޢާންމު ރައްޔިތުން އިޒްރާއިލް ސިފައިންގެ ބެލުމުގެ ދަށަން ގެންގޮސް އެމީހުންނަށް ދަނީ އެތައް އަނިޔާތަކެއް ދެމުންނެވެ.

ދާދި ފަހުންވެސް ފަލަސްޠީނުގެ އަންހެން ނޫސްވެރިޔަކު ވަނީ ހައްޔަރު ކޮށްފައިވެއެވެ. އޭނާ އަކީ ތިން ކުދިންގެ މަންމައެއްގެ އިތުރުން މާބަނޑު ޙާލަތުގައި ހުރި މީހެކެވެ.

7 އޮކްޓޫބަރު ޣައްޒާގައި ފެށި ޤަތުލް ޢާންމު ތަކާއި އެކު ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް ހުޅަނގު އައްސޭރިން 165 މީހަކު ވަނީ ޝަހީދު ކޮށްލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.