އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގެ ވައި ވަނީ ވަރަށް ބޮޑަށް ތަޣައްޔަރު ވެފައި--
ދުނިޔެ
09 Nov 2023 | 14:43
ނިއު ދިއްލީއަށް އާޓިފިޝަލް ވާރޭ ވެއްސަނީ

ވައި ސާފުކުރުމުގެ ބޭނުމުގައި  އިންޑިއާގެ ވެރި ރަށް ނިއު ދިއްލީއަށް އާޓިފިޝަލް ވާރޭ ވެއްސަން ނިންމައިފިއެވެ.

ދިއްލީގެ ވައި ތަގައްޔަރުވުމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ) ދިއްލީން ދަނީ ވައި ސާފުކުރުމަށްޓަކައި ވަނީ އާޓިފިޝަލް ވާރޭ ބޭނުންކުރުމުގެ މަސައްކަތް ފަށާފައެވެ.

އެ ޓީމުން ވަނީ ޖައްވަށް ފެނުގެ އާވި ފޮނުވާލެވޭ ޓެކްނޮލޮޖީއެއް ތަރައްގީކޮށް، އެއިން ވާރޭވެހޭނެ ޓެކްނޮލޮޖީއެއް ޓެސްޓުކޮށްފައެވެ. އެ ޓީމުން މިހާރު ދަނީ މި ޓެކްނޮލޮޖީގެ ޓެސްޓް ކުރުމަށް ޕައިލެޓް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ.

ދިއްލީގައި ވައި ތަގައްޔަރުވެރިވަނީ ޑަބްލިއުއެޗްއޯއިން ނުރައްކާތެރި މިންގަނޑުކަމަށް ކަނޑައާޅާފައިވާ މިންގަޑަށްވުރެ ވެސް އިތުރަށެވެ. ވައި ތަގައްޔަރުވުމުގެ ސަބަބުން ދިއްލީގައި ދިރިއުޅޭ މީހުންގެ ސިއްހަތައްވެސް ނުރައްކާވާނެކަމުގެ ކަންބޮޑުވުން މިހާރު ވަނީ އުފެދިފައެވެ.

އާޓިފިޝަލް ވާރޭ އަކީ ޓެކްނޮލޮޖީއެއް ކަމަށް ވާތީ އޭގެ ސަބަބުން ތިމާވެށްޓަށް ކުރާނެ އަސަރުތަކާ މެދު ބައެއް ކަންބޮޑުވުންތައް އެބަހުއްޓެވެ. މިސާލަކަށް އާޓިފިޝަލް ވާރޭ ސަބަބުން ފެން ތަޣައްޔަރުވެދާނެތީ ބައެއް ތަޖުރިބާކާރުން ކަންބޮޑުވެއެވެ. 

މި ކަންބޮޑުވުންތައް ހުރި ނަމަވެސް އައިއައިޓީ ދިއްލީ ޓީމުން ގަބޫލުކުރާ ގޮތުގައި އާޓިފިޝަލް ވާރޭ ވެހުމަކީ ވައި ތަޣައްޔަރުވުމާ ދެކޮޅަށް ކުރާ މަސައްކަތުގައި އަގުހުރި ވަސީލަތަކަށް ވެދާނެއެވެ. އެ ޓީމުން ދަނީ ޓެކްނޮލޮޖީ ތަރައްގީ ކުރަމުން ކަމަށާއި ކައިރި މުސްތަގުބަލެއްގައި ބޮޑު ޓްރައިއަލްއެއް ކުރިއަށް ގެންދިއުމަށް އުންމީދުކުރާ ކަމަށް އެ ޓީމުން ހާމަ ކުރިއެވެ.

މި ނޮވެންބަރު މަހުގެ 20 އަދި 21 ވަނަ ދުވަހު އާޓިފިޝަލް ވާރޭ ދިއްލީއަށް ވެއްސުމަށް ވަނީ ނިންމާފައި ވާއިރު އައިއައިޓީ ދިއްލީ ޓީމަކީ ވައި ތަޣައްޔަރުވުމާ ދެކޮޅަށް އާޓިފިޝަލް ވާރޭ ބޭނުންކުރުމުގެ މަސައްކަތް ފުރަތަމަ ދިރާސާކުރާ ޓީމެއް ނޫނެވެ. 2019 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ ޑްރޯން ބޭނުންކޮށްގެން ވިލާތައް ސީޑުކޮށްގެން ވާރޭ އުފެއްދުމުގެ މަޝްރޫއެއް ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.