ޣައްޒާގެ ހޮސްޕިޓަލެއްގައި ވަގުތީ ހިޔާވަހިކަން ހޯދަމުން އަންނަ ކުދިންކޮޅެއް. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
09 Nov 2023 | 14:53
އަހަރެމެންގެ ދަރިން "ޑީހައިޑްރޭޓް"ވެ އަނަރޫފަވާން ފަށައިފި: ޣައްޒާގެ މައިން

ޣައްޒާގައި ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވާ ކުޑަކުދިން “ޑީހައިޑްރޭޓް”ވެ އަނަރޫފަ ވަމުންދާ ކަމަށް ޣައްޒާގެ މައިން ބުނެފިއެވެ.

ހޮސްޕިޓަލް ތަކާއި އދ ގެ ސްކޫލްތަކުގައި ވަގުތީ ހިޔާވަހިކަން ހޯދަމުންދާ ޣައްޒާގެ މައިން އަލްޖަޒީރާ އަށް ބުނެފައިވަނީ އެމީހުންގެ ދަރިން “ޑީހައިޑްރޭޓް” ވެ އެކުދިންގެ ބަރުދަން ބޮޑު ތަނުން ލުއި ވަމުންދާ ކަމަށެވެ.

އދ ގެ ސްކޫލެއްގައި ވަގުތީ ހިޔާވަހިކަން ހޯދަމުންދާ ދޮޅު އަހަރުގެ ކުއްޖެއްގެ މަންމަ ބުނެފައިވަނީ އޭނާގެ އާއިލާ އދ ގެ އެސްކޫލްގައި ވަގުތީ ހިޔާ ހޯދަން އައީ ޝުޖައިއްޔާ ނެއިބަރހުޑްގައި ހުންނަ އެމީހުންގެ ގެ އިޒްރާއިލްގެ ހަމަލާއެއްގައި ހަލާކުވުމުން ކަމަށެވެ.

އަދި ވަގުތީ ހިޔާ އަށް ބަދަލުވެ އުޅެން ފެށިފަހުން އޭނާގެ ދޮޅުއަހަރުގެ ދަރިފުޅު “ޑީހައިޑްރޭޓް” ވެ ބޭރަށްހިންގުން ޖެހިފައިވާ ކަމަށެވެ.

އެހެން އަންހެނަކު ބުނެފައިވަނީ އޭނާގެ ދަރިފުޅު ފަނިވެ، އެކުއްޖާގެ ބަރުދަން ވަރަށް ބޮޑުތަނުން ލުއި ވެފައިވާ ކަމަށެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ގިނަ ޢަދަދެއްގެ ބެލެނިވެރިން ބަލިވެފައިތިބި ކުޑަކުދިން ގޮވައިގެން ހޮސްޕިޓަލްތަކަށް ޖަމަާވަމުން ދާ ކަމަށެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ އޮކްޓޯބަރު މެދުތެރޭން ފެށިގެން ޣައްޒާގައި 33،551 އަށް ވުރެ ގިނަ ޑައިރިއާ ކޭސް ރިކޯޑްކުރެވިފައި ވާކަމަށެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ފަސް އަހަރުން ދަށުގެ ކުޑަކުދިން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޣައްޒާ އަށް ދޫކުރާ ފެނާއި ކަރަންޓު އަދި ތެޔޮ ދޫކުރުން އިޒްރާއިލުން ހުއްޓާލުމާއި ގުޅިގެން ޣައްޒާގެ ތެރޭގައި ސާފު ބޯފެން ނުލިބުމާއި ނަރުދަމާގެ މަސައްކަތް ކުރާ މެޝިނުތައް މަސައްކަތް ނުކުރުމުގެ ސަބަބުން ޣައްޒާގެ ތެރޭގައި ބަލިމަޑުކަން ދަނީ ފެތުރެމުންނެވެ.

މީގެ އިިތުރުން އެތައް ބަޔަކު ތޮއްޖެހިގެން އެއްތަނެއްގައި އުޅެން ޖެހިފައިވުމުން ބަލިމަޑުކަން ހަލުވި މިނެއްގައި ފެތުރުމުގެ ބިރުވެރިކަން ވަނީ ފެތުިރިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.