ދަނގެތީގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން-- ފޮޓޯ/ ޖަމިއްޔަތުލް ގަލަމް
ހަބަރު
09 Nov 2023 | 21:28
ދަނގެތީ ރައްޔިތުންގެ ފަރާތުން ފަލަސްޠީނަށް އެހީވުމަށް ދޮޅު ލައްކައަށްވުރެ ގިނަ ރުފިޔާ!

ޒަޔަނިސްޓު ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ އުދުވާނު ތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް އދ. ދަނގެތީގައި ކުރިއަށް ގެންދިޔަ ފަންޑް ރެއިޒިން ހަރަކާތްތަކަށް ދޮޅު ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. 

ފަލަސްތީނަށް އެހީވުމަށް ދަނގެތީގައި ކުރިއަށް ގެންދެވުނު ފަންޑް ރެއިޒިން ހަރަކާތްތައް ފެށިގެން ދިޔައީ ނިމިދިޔަ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ.

އެގޮތުން އެންމެ ފުރަތަަމަ ބޭއްވިފައިވަނީ "ދަނގެތީ ރައްޔިތުން ފަލަސްތީނާއިއެކު" ހިނގާލުމެވެ. އެއަށްފަހު އެރޭގަައި ޖަމިއްޔަތުއްސަލަފާއި ގުޅިގެން، "ފަލަސްތީނާއިއެކު" ނަމުގައި ޚާއްސަ ފޯރަމެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިދެ ހަރަކާތް ތެރެއިންވެސް ފަންޑު ފޮށި ބަހަށްޓައިގެން އެހީ ހޯދާފައި ވެއެވެ. 

އެއަށްފަހު، މަސްބަތާއި ބިރިޔާނީ ޕާރސަލް ވިއްކައިގެންވެސް ފައިސާ ހޯދާފައިވާއިރު، ފަތުރުވެރިންނާއި އާއްމުންނަށް ހުޅުވާލައިގެން ޑިނާ ނައިޓެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. 

އަދި މީގެ އިތުރުން ދަނގެތީ ސުކޫލު ޕްރިފެކްޓް ބޯޑުގެ ފަރާތުންވެސް ވަނީ އެ ސުކޫލުގައި ފަންޑު ހޯދުމަށް ހަރަކާތެއް ހިންގާފައެވެ. 

ދަނގެތީ ފަންޑް ރެއިޒިން ހަރަކާތްތައް ނިންމާލާފައިވަނީ ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ޢާއިލީ ހަވީރެއްގެ ތެރެއިންނެވެ. އެ ހަވީރުގެ ތެރެއިން އެކި ކުޅިވަރުތަކާއި، އެކު ހެދިކާ ޕެކާއި، އެނޫންވެސް ތަފާތު ކެއުމާއި ބުއިން ވިއްކާފައިވާއިރު، ހުރިހާ ފަންޑު ރެއިޒިން އިވެންޓެއްގެ ތެރެއިން ވިއްކާފައިވާ ތަކެތީގެ ހުރިހާ ފައިސާއެއް ހަދިޔާ ކޮށްފައިވަނީ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެހީވުމަށް ހުޅުވާލި ފަންޑަށެވެ. 

ދަނގެތީގައި ހިންގުނު އެ ހުރިހާ ފަންޑު ރެއިޒިން ހަރަކާތަކާއި، އަދި ފަންޑު ފޮށި ބަހަށްޓައިގެން 150,095.45ރ ވަނީ ލިބިފައެވެ. އެހުރިހާ ފައިސާއެއް މިހާރު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަލް އެއިޑް ކެންޕެއިން, އައިއޭސީން ހުޅުވާލާފައިވާ "ޣައްޒާ އެމެޖެންސީ ރިލީފް ފަންޑް" އަށް ހަދިޔާ ކޮށްފައެވެ. 

އިޒްރާއިލުން ހުއްޓުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ހަމަލާތަކުގައި 10500 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޝަހީދު ކޮށްލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.