ކެއަރ ސޮސައިޓީއަށް 25 އަހަރު ފުރުން ފާހަގަކުރުން-- ފޮޓޯ/ކެއަރ ސޮސައިޓީ
ހަބަރު
10 Nov 2023 | 12:51
ކެއާ ސޮސައިޓީއަށް 25 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރެއް މިއަދު!

ކެއާ ސޮސައިޓީގެ ޚިދުމަތް ފެށިތާ 25 އަހަރު ފުރުމާއި ގުޅިގެން ތަފާތު އެކި ހަރާކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. 

މިއަދު 9 ނޮވެންބަރ 2023 އަކީ ކެއަރ ސޮސައިޓީއަށް 25 އަހަރު ފުރޭ ދުވަސް ކަމަށްވާއިރު، 25 އަހަރު ފުރުމާއި ގުޅިގެން އެ ކެއަރ ސޮސައިޓީން، މައިގަނޑު 3 ކަމެއް ރާވާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ. 

އެގޮތުން އަހަރީ ދުވަސް ފާހަގަކުރަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައިވަނީ ކުޑަކުދިންގެ ހަވީރެކެވެ. އެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައި ސޯޝަލް ސެންޓަރ ގައެވެ. ކުޑަކުދިންގެ މި ހަވީރު ޝަރަފްވެރި ކޮށްދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމް ކަމަަށް އެ ޖަމިއްޔާ އިން މައުލޫމާތު ދެއެވެ.

ކެއަރ ސޮސައިޓީން ބުނީ، މިހަވީރުގައި ކުޑަކުދިންގެ ސްޓޭޖް ހަރަކާތްތަކާއި ކުޅިވަރު ސްޓޯލްތައް އޮންނާނެ ކަމަށެވެ.

އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ކެއަރ ސޮސައިޓީން ރަވާފައިވާ އަނެއް ކަމަކީ ޓީިވީ އަދި ރޭޑިއޯ މެދުވެރިކޮށް ގެނެސްދޭ ޕްރޮގްރާމްތައް ކަމަށްވާއިރު މިޕްރޮގްރާމް ތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތަކާ އެފަރާތްތަކަށް ޚިދުމަތް ދިނުމުގައި އަދި ކުދިންނަށް ތަޢުލީމު ދިނުމާ ބެލެހެއްޓުމުގައި މުޖުތަމަޢަށް ކޮންމެހެން އެނގެންޖެހޭ ކަންތައްތަކުގެ މައްޗަށް ބަލާލާ ތައްޔާރު ކުރެވިފައިވާ ޕްރޮގްރާމް ތަކެއް ކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. 

އަދި ޕްރޮގްރާމްތައް ކުރިއަށް ދާނީ 2024 ވަނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ޑިސެމްބަރ ގެ ނިޔަލަށް ކަމަށްވެސް ބުނެފައިވެއެވެ.

ކެއަރ ސޮސައިޓީން ބުނެފައިވާ ގޮތުގައި އަހަރީ ދުހަވުގެ އެންމެ ކުލަގަދަ ހަފްލާއެއްގެ ގޮތުގައި ރޭވިފައިވަނީ "ގާލާ ނައިޓް" އެވެ. މި ހަފްލާ ބޭއްވުމަށް ރޭވިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ކަމާށާށ މި ހަފްލާ އަކީ ކެއާ ސޮސައިޓީގެ 25 އަހަރުގެ ދަތުރުގެކާމިޔާބީއާއ،ި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކާ އަދި ކެއާ ސޮސައިޓީގެ ކުރިމަގުގައި ކުރާނެ މުހިއްމު ކަންތައްތައް އިއުލާން ކުރުމަށް ބާއްވާ ހަފްލާއެއް ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

ކެއާ ސޮސައިޓީ އަކީ މިހާރުވެސް ތަފާތު އެކި ޕްރޮގްރާމްތައް ހިންގާ ޖަމިއްޔާއެކެވ.ެ އެގޮތުން މާލެ އަދި ހުޅުމާލެ ފޭސް 2 ގައި ކެއާ ސޮސައިޓީގެ ގޮފި ހިނގަމުން ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.