އިސްރާއީލުން ޣއްޒާއަށް ބޮމުގެ ހަމަލާ ދެނީ-- ފޮޓޯ: ދަ ޑެއިލީ ބީސްޓް
ހަބަރު
11 Nov 2023 | 15:29
ޣައްޒާގެ އަލް ބުރާޤު މަދުރަސާއަށް އިސްރާއީލުން ބޮން އަޅައިފި

އިސްރާއީލުން ޣައްޒާގެ އަލް ބުރާޤު މަދުރަސާއަށާއި ޞަލާޙުއްދީން މަގަށް ބޮންއަޅައިފިއެވެ.

އިސްރާއީލުން މި ހިންގި ޤަތުލުޢާންމުގައި 50 މީހުން ވަނީ ޝަހީދުވެފައެވެ. 

މި ސްކޫލަކީ ޣައްޒާގައި ގެދޮރު ގެއްލިފައިވާ ފަރާތްތައް ވަގުތީ ގޮތުން ދިރިއުޅުމަށް ބޭނުން ކުރަމުން އަންނަ ސްކޫލެކެވެ.

"މިއީ ބައިނަލްއަޤްވާމީ މޫނުމަތީގައްޔާއި އިންސާނިއްޔަތުގެ މޫނުމަތީގައި އިސްރާއީލުން ޖެހި ލައްގަނޑެކެވެ. އިސްރާއީލުގެ މުޖްރިމު ފެޝިސްޓު މި ޢަމަލުގެ ސަބަބުން އަހުރެމެންގެ ހިތްވަރު ބައްޔެއް ނުވާނެއެވެ."  މި ހަމަލާ ކުށްވެރިކޮށް ހަމާސް ގެ ފަރާތުން ބުނެފައިވެއެވެ.

އިސްރާއީލުން ވަނީ މިދިޔަ ހަފްތާ ތެރޭގައި ފަލަސްތީން ގެ އަލް ފަޚްރާ ސްކޫލަށް ވެސް ބޮން އަޅާފައެވެ. މިއީ ރެފިއުޖީންނަށް ހާއްސަކޮށް އދ އިން ހިންގާ ސްކޫލެކެވެ. އިސްރާއީލުން ވަނީ ފަލަސްތީނަށް ހަމަލާ ދޭ މިންވަރު އިތުރު ކޮށް ގިން އަދަދެއްގެ ސްކޫލް ތަކަށާއި ހޮސްޕިޓަލް ތަކަށް ބިން އަޅާ އެތައްހާސް ބަޔަކު ޝަހީދު ކޮށްލާފައެވެ.

ހުކުރުދުވަހު އިސްރާއީލުން ވަނީ އުތުރު ޣައްޒާއިން ދެކުނު ޣައްޒާއަށް ފައިބަމުންދިޔަ މީހުން ޞަލާޙުއްދީން މަގުގައި ހަދައިދީފައިވާ "އަމާން ދުވާރު" މަތީގައި ތިއްބާ ބޮންއަޅައި އެތައް ބަޔަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމުކޮށްލައިފައެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުންދާ  ލާއިންސާނީ ހަމަލާތަކަށް މަހަކަށް ވުރެ ގިން ދުވަސް ވެފައި ވާއިރު މި ހަމަލާތަކުގެ ސަބަބުން  4506 ކުޑަކުދިންނާއި 3,026 އަންހެނުންނާއި 668 މުސްކުޅިން ހިމެނޭ ފަދައިން 11،078 މީހުން ވަނީ  މިހާތަނަށް ޝަހީދުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.