ޣައްޒާގައި ޝަހީދުވި ބައެއްގެ ހަށިތައް. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
12 Nov 2023 | 10:06
ހަމަލާތަކަށް 36 ދުވަސް، ޝަހީދުންގެ ޢަދަދު 11،000 މައްޗަށް

ފަލަސްޠީނުގެ ޣައްޒާއަށް އިޒްރާއިލުން ޓެރަރިސްޓް ހަމަލާދޭތާ 36 ދުވަސް ވެފައިވާއިރު އެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު މިހާރު ވަނީ 11،000 އިން މައްޗަށް އަރައިގެން ގޮސްފައެވެ.

ޣައްޒާއަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި 11،078 މީހަކު ޝަހީދު ވެފައިވާއިރު ޝަހީދުންގެ ތެރޭގައި 4506 ކުޑަކުދިން ހިމެނެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި ޣައްޒާއަށް ދެމުންދަ ހަމަލާތަކުގައި މިހާތަނަށް 27،490 މީހަކު ޒަޚަމްވެފައި ވާއިރު، އޭގެ ތެރޭގައި 8،633 ކުޑަކުދިން ހިމެނެއެވެ.

މީގެ އިތުުރުން 2700 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، އޭގެ ތެރޭގައިވެސް 1500 އަށް ވުރެ ކުދަކުދިން ހިމެނޭ ކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައި ވެއެވެ.

ޣައްޒާގެ އިތުުރުން ހުޅަނގު އައްސޭރީގައި ވެސް އެތަކެއް ޖަރީމާތަކެއް އިޒްރާއިލްގެ ޔަހޫދީން އަންނަނީ ހިންގަމުންނެވެ.

އެގޮތުން 7 އޮކްޓޫބަރުން ފެށިގެން މިއަދާއި ހަމައަށް ހުޅަނގުއައްސޭރިން 183 މީހަކު ޝަހީދުކޮށްލައިފައިވާއިރު އޭގެ ތެރޭގައި 44 ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އަދި 2400 މީހަކު ވަނީ ހުޅަނގުއައްސޭރިއަށް ދިން ހަމަލާތަކުގައި ޒަޚަމްވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.